Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ދަރިފުޅު އޮންލައިންކޮށް ގޭމް ކުޅުމުން އެވަރުން އެއްކުރި 20000 ޑޮލަރު 17 ދުވަސް ތެރޭ ހުސްވެއްޖެ

އިނގިރޭސިވިލާތުގައި ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު އޮންލައިންކޮށް ވީޑިއޯ ގޭމް ކުޅެގެން، އޭނާގެ މައިންބަފައިން އެތައް ދުވަހެއް ވަންދެން އެއްކުރި ފައިސާކޮޅު ހުސްކޮށްލައިފިއެވެ.

ކުއްޖާގެ އެއްވެސް މައުލޫމާތެއް ހާމަނުކޮށް "ދަ ސަން" ގައި ޝާއިއު ކޮށްފައިވާ ގޮތުގައި "ފޯޓްނައިޓް" ގޭމަށް ޑޮނޭޓް ކޮށްގެން އެކުއްޖާވަނީ އެންމެ 17 ދުވަސް ތެރޭގައި އޭނާގެ މައިންބަފައިން އެއްކުރި 20،000 ޑޮލަރު (16،000 ޕައުންޑް) އެއްކޮށް ހުސްކޮށްލާފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެކުއްޖާ އަތަށް އޭނަގެ މައިންބަފައިން ވަނީ ޑެބިޓް ކާޑެއް ދީފައެވެ. ނަމަވެސް އެއީ ހަމައެކަނި ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް ދިން ކާޑެއްކަމަށް ކުއްޖާގެ މަންމައާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

"އަހަންނަށް ބޭންކު ސްޓޭޓްމަންޓު ފެނިފައި ރޮވުނު. ބޮލަށް އެނބުރުން އަރާ، ހީވީ ދެންމެ ދެންމެ ބޯއަނބުރައިގަނެގެން ވެއްޓެން އުޅުންހެން" ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

އެފައިސާ އަނބުރާ ހޯދުމަށް ވެސް އެމީހުން މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ބެންކަށް އެކަން ހުށަހެޅުމުން ބުނީ މައްސަލަ ބެލޭނީ ކުއްޖާއާއި ދެކޮޅަށް ދައުވާ ކުރާނަމަ ކަމަށެވެ.

ފައިސާ އަނބުރާ ހޯދުމަށް "ފޯޓްނައިޓް" އުފައްދާ "ޓްވިޗް" އަށްވެސް ކުއްޖާގެ މަންމަ މެއިލް ކުރިއެވެ. ނަމަވެސް އެމީހުންގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ.

"އަހަންނަކީ ވަރަށް ގިނަ ވަގުތު މަސައްކަތް ކުރާ މީހެއް. އެހެންވެ ދަރިފުޅު އޮންލައިން ވެގެން ކުރަނީ ކީއްކަމެއް ބަލައެއް ނުލެވުނު" ކުއްޖާގެ މަންމަ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް