Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ފަނި އަޅާ ފުރިފައި އޮތް މަހެއް ރޮލާ ކައިގެން ޗައިނާ މީހެއްގެ ފުރަމޭގެ އެއްބައި ނަގަން ޖެހިއްޖެ

އާއްމުކޮށް މީހުން ނުކާ އެއްޗެހި ކެއުމުގައި ޗައިނާ އިން މިވަނީ އަބަދުވެސް ކުރި ހޯދާ މީހުން ހައިރާން ކުރުވާ، ފަކުރުގަންނަވާލާފައެވެ. ފެތުރެމުން މިއަންނަ ކޮރޯނާ ވައިރަހަކީ ވެސް ޗައިނާ މީހަކު ކެއި އެއްޗެއްގެ ސަބަބުން ފެތުރެން ފެށި އެއްޗެކެވެ.

ކާއެއްޗެހި ރޮލާ ކެއުމަކީ އެއްވެސް ގޮތަށް ރަނގަޅުކަމެއް ނޫނެވެ. އަދި އެއީ ސިއްޙަތަށް ފައިދާހުރި ގޮތެއް ނޫން ކަމުގައި ވެސް ސިއްޙީ މާހިރުން ބުނެފައިވެއެވެ. ނަމަވެސް ޗައިނާ މީހަކު މިވަނީ ދާދި ފަހުން ރޮލާ މަހެއް ކައިފައެވެ. އެވެސް ފަނި އަޅާ ފުރިފައި ހުރި މަހެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ފުރަމޭގެ އެއްބައި އެއްކޮށް ވަނީ ހަލާކުވެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އުމުރުން 55 އަހަރުގެ އެފިރިހެން މީހާ ޑޮކްޓަރަށް ދައްކަން ދިޔައީ ބަނޑުހައި ނުވުމާއި، ބޭރަށް ހިންގުމާއި، ގައިގާ ވަރު ނުހުރުމާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން ވާން ފެށުމުންނެވެ.

Advertisement
Allied — Dhen Online (box)

"ހަންގްޒޫ ފަސްޓް ޕީޕަލްސް ހޮސްޕިޓަލުން" ބުނެފައިވާ ގޮތުގައި އެމީހާ ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ އެކަމެއް ޖެހުނުތާ ހަތަރު މަސް ފަހުންނެވެ.

ޑޮކްޓަރުން އޭނާ ސްކޭން ކުރުމުން ފެނުނު މަންޒަރަކުން ކުއްލި ސިހުމެއް ލިބުނު ކަމަށާއި ސްކޭނުން ދެއްކީ އެފިރިހެންމީހާގެ ފުރަމޭގެ ވާތް ފަރާތް ވަރަށް ބޮޑަށް ދުޅަވެ ދޮސް ލާފައި ހުރިހެން ދެއްކި ކަމަށެވެ. އަދި ފުރަމޭގެ އެއްފަޅީގައި ޓިއުމަރު ވެސް އުފެދިފައިވާ ކަމަށް ބުނނެފައިވެއެވެ.

ވަރަށް ގިނަ ޓެސްްޓުތައް ހެދުމަށްފަހު، އެމީހާގެ ފުރަމޭގައި ފަނިއަޅާފައި ހުރިކަން ހާމަވީ ކަމަށާއި، ފުރަމޭގެ ދުޅަވުން ތިރިކުރެވުނީ އުފެދިފައިހުރި ދިޔަތަށް ހިންދައިގެން ކަމަަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ނަމަވެސް އެމީހާގެ ހާލު އެއްގޮތަކަށް ވެސް ރަނގަޅު ނުވުމުން ޑޮކްޓަރުންނަށް ޖެހުނީ ފުރަމޭގެ ހަލާކުވެފައި އިން ބައި އޮޕަރޭޝަންް ކޮށްފައި ނަގާށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް