ބޮލީވުޑް

ސައިފް އަލީ ޚާން ކުޅުނު ފިލްމުތަކުގެ ތެރެއިން މި ފިލްމަކީ ކުޅެވުނީތީ އޭނާ ދެރަވާ ފިލްމެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސައިފް އަލީ ޚާންއަކީ ބޮލީވުޑުގެ ނަން މަޝްހޫރު އެކްޓަރުންގެ ތެރެއިން އެކެކެވެ. ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ސައިފް ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯދައިފައެވެ. އެގޮތުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ސައިފް ވަނީ އޭނާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމް ފާހަގަކޮށް އެ ފިލްމު އޭނާއަށް ނުކުޅެވުނު ނަމައޭ ބުނެފައެވެ.

Ads by MWSC

އޭނާ ގަބޫލު ކުރާ ގޮތުގައި އެ ފިލްމަށް އޭނާ ކޮށްފައިވާ އެކްޓިންއާއި މަސައްކަތްތަކަކީ އޭނާ ނުކުރާ ކަމެއް ކަމުގައި ވާން ބޭނުންވާ ކަމެކެވެ. އެހެން ނަމަވެސް އެއީ ވާނޭ ކަމެއް ނޫނެވެ. މިހާތަނަށް އެ ފިލްމު އެތައް ބަޔަކު ވަނީ ބަލައިފައެވެ. އަދި އެތައް ބަޔަކު މިއަދު ވެސް އެ ފިލްމު އަންނަނީ ބަލަމުންނެވެ.

އެގޮތުން އެފަދަ ފިލްމެއް ގޮތުގައި ސައިފް ފާހަގަ ކުރީ، އޭނާ ކުޅެފައިވާ “ހަމްޝަކަލްސް”އެވެ. އެގޮތުން އޭނާއަށް އެންމެ ފުރަތަމަ އެ ފިލްމު ކުޅެން ހަވާލު ކުރުމުން ވެސް އެ ފިލްމު ކުޅެން ބޭނުން ނުވި ކަމަށާއި، އެހެން ނަމަވެސް ޕްރޮޑިއުސަރުގެ އެދުމުގެ މަތިން އެ ފިލްމު ވެސް ކުޅުނީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އެ ފިލްމު ކުޅެވުނީތީ މިއަދު ދެރަވި ނަމަވެސް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގައި އޭނާ ބުންޏެވެ.

މިފަދަ ގޮތަކަށް ފިލްމެއް ކުޅެވުނީތީ ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވަނީ އެ ފިލްމެއް ނުކުޅެވުނު ނަމައޭ ހިތަށް އަރައި، އެކަމަށް ފާޑު ކިޔައިފައެވެ. އެގޮތުން ކެޓްރީނާ، ގޯވިންދާ އަދި އިމްރާން ހާޝްމީ ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!