ޚަބަރު

ފައިޒާ ވެކްސިން ޖަހަން ހުޅުވައިލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކަށް ، އެކަމަށް އެދި ރެޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކޮވިޑް-19އިން ދިފާއުވުމަށް ޖަރުމަނުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާއާ ގުޅިގެން އުފައްދާފައިވާ ވެކްސިން ދޭން ނިންމާފައި ވަނީ 16 އަހަރާއި 17 އަހަރާ ދެމެދުގެ ހާއްސަ ބަލިތަކުގެ މީހުންނަށް ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ މި ވެކްސިން ޖަހަމުން ގެންދާނީ ރަޖިސްޓްރީވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަ ޖައްސައިގެން ކަމަށެވެ. އަދި  މި ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާތީ މި ވެކްސިން ޖަހާނީ މައިގަނޑު ގޮތެއްގައި މާލޭގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން މި ވަގުތު ދެވޭނީ މާލެ ސަރަހައްދުގައި އެކަނި ކަމަށާއި ފައިޒަރ ވެކްސިން ދޭނީ އެ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރު ކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށެވެ. އަދި ވެކްސިން ދިނުމުގައި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ޑަބްލިޔުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ވަނީ 5500 ޑޯޒްގެ ފައިޒަރ ވެކްސިން ލިބިފައެވެ. ފައިޒާ ވެކްސިން ރާއްޖެއަށް ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!