Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ނައިފަރު ކްލަސްޓާ: މަރޮށިން މީހަކު ފައްސިވެ، އެރަށް މޮނީޓަރިންގަށް ލައިފި

ނައިފަރު ކްލަސްޓާ: މަރޮށިން މީހަކު ފައްސިވެ، އެރަށް މޮނީޓަރިންގަށް ލައިފި

ށ. މަރޮށިން މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށް މޮނީޓަރިންގަށް ލައިފިއެވެ.

މަރޮށި ކައުންސިލުގެ ނައިބު ރައީސް މަސްއޫދު ވަހީދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ފައްސި ވެފައި ވަނީ ޅ. ނައިފަރު ކްލަސްޓާއާ ގުޅުން ހުރި ފިރިހެނެއް ކަމަށެވެ.

"އެއީ މިކޮޅުގައި މުދާ އުފުލާ ދޯންޏެއްގައި އުޅޭ މީހެއް. އޭނަ ނައިފަރަށް ފޭބިކަން އެނގުނު ހިސާބުން ދޯނި ވަނީ ކަރަންޓީނަށް ލައިފައި. ދޯނީގައި ދަތުރުކުރި ކެޕްޓަން ވެސް ހުރީ ކަރަންޓީނުގައި. އޭނަގެ ނަތީޖާ ނައްސި. ދެން ހުންނަ ބިދޭސީ މީހާގެ ނަތީޖާ ވެސް ނައްސި، އޭނަވެސް ހުރީ ކަރަންޓީނުގައި." މަސްއޫދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މަސްއޫދު އިތުރަށް ވިދާޅުވީ ފައްސިވީ މީހާ ނައިފަރަށް ފޭބިކަން ނުވަތަ ނޫންކަން މުޅިން ސާފު ނުވާ ކަމަށާއި ނަމަވެސް އެ ދޯނި ނައިފަރަށް ދަނީ ފަޅޯ، ކަރާ، އަދި މިރުސް ފަދަ އެއްޗެހި ވިއްކަން ކަމަށެވެ. އެހެންކަމުން އެ އެއްޗެހި ވިއްކަން ގޮސް އުޅުމުގެ ތެރޭގައި ކޮންޓެކްޓް ވުމުގެ ފުރުސަތު އޮތް ކަމަށް މަސްއޫދު ވިދާޅުވިއެވެ.

މަރޮށި މޮނީޓަރިންްގެ ހާލަތަށް ލައިފައި ވަނީ މިރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް