Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: ލ. ހިތަދޫން ދެ މީހަކު ފައްސިވެއްޖެ

ކޮވިޑް-19: ލ. ހިތަދޫން ދެ މީހަކު ފައްސިވެއްޖެ

ލ. ހިތަދޫން، ދެމީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހިތަދޫ ކައުންސިލު މެމްބަރ މުޙައްމަދު ފަރުހާދު ޢަލީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސި ވެފައި ވަނީ ކަރަންޓީނުގައި ހުރި ފިރިހެނަކާއި އޭނަގެ ދަރިފުޅު ކަމަށެވެ.

"ހޯމް ކަރަންޓީނުގައި ހުރި މީހަކު ފައްސި ވެފައި ވަނީ. ކަރަންޓީނަށް އައީ އަންހެނަކާއި އޭނަގެ ދަރިފުޅު، އެ އަންހެން މީހާގެ ފިރިމީހާ ހުރީ އެ މީހުން އައި އިރު ރަށުގައި. ދެން އެ މީހުން މާލެއިން އައި ފަހުން، ކައުންސިލުގެ ހުއްދައާއެކީ ފިރިހެން މީހާ ވެސް އެ މީހުންނާއެކީ ކަރަންޓީނުވީ" ފަރުހާދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފަރުހާދު ވިދާޅުވީ، މާލެއިން އައި ފަހުން އެ ކުޑަކުއްޖާގެ ގައިގައި ބަލީގެ އަލާމާތްތަކެއް ހުރި ކަމަށާއި ހޯމް ކަރަންޓީނަށް ވަތް ފަހުން އެ ކުއްޖާގެ ބައްޕަގެ ގައިން ވެސް އަލާމާތްތައް ފެންނަން ފެށި ކަމަށެވެ. އެހެންކަމުން އެ ދެ ބަފައިންގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓު ހެދި ކަމަށް ފަރުހާދު ވިދާޅުވިއެވެ.

އެ ކުއްޖާގެ މަންމަގެ ގައިން އަލާމާތެއް ފެންނަން ނެތުމުން، އޭނާގެ ސާމްޕަލް އޭރު ނުނަގާ ކަމަށާއި އެހެން ނަމަވެސް މިއަދު އެ ދެ ބަފައިން ކޮވިޑަށް ފައްސި ވެފައިވާތީ މާދަމާ އެ ކުއްޖާގެ މަންމަގެ ސާމްޕަލް ވެސް ނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފަރުހާދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް