ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ސިއްހީ ހާއްސަ ހާލަތެއްގައި ތިބި މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމައި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ފައިޒަަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައި ވަނީ ޚާއްޞަ ޙާލަތްތަކެއްގައި ވާ ފަރާތްތަކަށް އެކަނި ކަމަށާއި، އެ ގޮތުން އެ ވެކްސިން ދިނުމަށް ކަނޑައަޅާފައި ވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ދަށް ވެފައިވާ ޙާލަތްތަކުގެ މީހުންނަށް ކަމަށެވެ.
މިވެކްސިން މިވަގުތު ދޭނީ މާލެ ސަރަޙައްދުގައި ކަމަށް ވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާ މީހުން
- - ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުން
- - ޤަވާޢިދުން ޑަޔަލިސިސް ހަދަމުންދާ މީހުން
- - ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ހޯދަމުންދާ މީހުން
- - އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
- - ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
އެ ކުދިންގެ ތެރޭގައި ހިމެނެނީ
- - ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
- - ޑަޔަލިސިސް ގަވައިދުން ހަދަމުންދާ ކުދިން
- - ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާ ލިބެމުންދާ ކުދިން
- - އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިން
- - ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށް ވުރެ އިތުރަށް)
- - ހަކުރުބަލީގެ ކުދިން
- - ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- - ޑައުންސިންޑްރޯމް ހުންނަ ކުދިން
- - ސިސްޓިކް ފައިބްރޯސިސް، ބްރޮންކިއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- - އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަ ކުދިން (މައްސަލަ ރަނގަޅުކުރުމަށް ސަރޖަރީއެއް ހަދާފައި ނުވާ)






ކޮމެންޓް