Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްއެންޔޫއެސްޔޫގެ މީޑީއާ ޕާރޓްނަރަކަށް "ދެން"

އެމްއެންޔޫއެސްޔޫގެ މީޑީއާ ޕާރޓްނަރަކަށް "ދެން"

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން ، އެމްއެންޔޫއެސްޔޫ ގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި "ދެން އޮންލައިން" ހަމަ ޖައްސައިފިއެވެ.

އެމްއެންޔޫއެސްޔޫގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދެން އޮންލައިން އާއި އެމްއެންޔޫއެސްޔޫއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި ފަހުމުނާމާގައި ސޮއި ކޮށްފައި ވަނީ އެމްއެންޔޫއެސްޔޫގެ ފަރާތުން ރައީސް އަބްދުﷲ ޝަހުނީޒާއި ދެންގެ ފަރާތުން ސީއީއޯ މުޙައްމަދު އަރީޙެވެ. މި ފަހުމުނާމާގައިވާ ގޮތުން ދެން  އޮންލައިންގެ ފަރާތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ޔޫނިއަންގެ ގޮފިތަކުގެ ހުރިހައި ހަރަކާތްތަކެއް ދެން އޮންލައިނުން ކަވަރު ކުރާނެއެވެ. އަދި އެމްއެންޔޫގެ ދަރިވަރުންނަށް "ދެން"އިން އިންޓަރން ހަމަޖައްސައިދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫނިއަންގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ސަބަބުން ދެ ފަރާތަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ ގޮތުން އެމްއެންޔޫ ދަރިވަރުންނަށް މީޑިއާގެ އެކިއެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދެން އޮންލައިންގެ ސީއީއޯ މުހައްމަދު އަރީހް ވިދާޅުވީ މި ފަހުމުނާމާގައި ސޮއި ކުރެވުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި ދެން އޮންލައިންގެ ފަރާތުން ޔޫނިއަންއަށް އެހީތެރިކަމެއް ލިބުމުގައި ލިމިޓެއް ނޯންނާނެ ކަމަށެވެ. އަދި ދެންގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް ޔޫނިއަންއަށް ލިބޭނެ ކަމަށް ވެސް އަރީހް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް