ޚަބަރު

ލަވަ އެކަންޏެއް ނޫން، ޕަސެންޖަރުގެ ހުއްދައާ ނުލައި ދީނީ މައުލޫމާތެއް ވެސް ރޭޑިއޯއިން އަޑުނޭހޭނެ ގޮތް ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓްރާންސްޕޯޓު އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި މީގެ ފަހުން ދީނީ މައުލޫމާތު ވެސް ރޭޑިއޯތަކުން ޖެހޭނީ ފަސެންޖަރުގެ ހުއްދަ އޮވެގެން ކަމަށް ކަނޑައަޅައިފިއެވެ.

Ads by MWSC

ޓެކްސީ ގަވައިދަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެނައި ބަދަލުގައި ބުނެފައި ވަނީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް (ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މި ނޫން ވެސް މި ބާވަތުގެ އެއްވެސް އެއްޗެއް) ޓެކްސީ ގައި ބޭނުންކުރާން ވާނީ ފަސިންޖަރުންގެ ރުހުން ނުވަތަ ހުއްދަ ލިބިގެން ކަމަށެވެ. އަދި މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އަލަށް ކަނޑައެޅުނު ގަވައިދުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ގަވައިދުގައި ބުނެފައި ވަނީ ޓެކްސީ ސެންޓަރާއި، ޓެކްސީގެ ޚިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ޤާއިމް ކޮށްފައި ހުންނަންވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!