ދެވަނަ ލޮކްޑައުންއަކަށް ނުގޮސްފިނަމަ ސިއްހީ ނިޒާމަށް ނުކަތާ މިންވަރަށް ގޯސްވެދާނެ: ދުންޔާ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ސިއްހީ ނިޒާމަށް ނުކަތާ ވަރަށް އިސާހިތަކު ގޯސްވެދާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރައްވައިފިއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެވަނަ ފަހަރަށް ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރު ފަސް ޖެހެނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކަންތައް ގޯސްވެދާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ފަތުރުވެރިން ވެސް ރާއްޖެ އަށް އަންނާނީ ހާލަތު ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ދައްކާ ގާބިލްކަމަށް ބަލާފައި ކަމަށެވެ.
I wonder why the Government is hesitant to bring a second lock-down to bring #COVIDー19 under control. Our health system may quickly become over-whelmed. Tourists will only come once they have the confidence that we are handling the situation! @presidencymv @mabrouq @HPA_MV. https://t.co/vCLgOwm6Td
— Dunya Maumoon (@dunyamaumoon) July 27, 2020
ކޮވިޑް19 އަށް ފައްސިވާ ދިވެހީންގެ އަދަދު އިތުރުވެ، ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފައެވެ.