ޚަބަރު

ޢަލީ ވަހީދު އުޅޭ އެޑްރެހެއް ނޭނގުމުން ދައުވާ ފޯމު ބާތިލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލައިގެ އިސްތިއުނާފު ދައުވާ ހައި ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

Ads by STELCO

ހައިކޯޓުގެ ތަރުޖަމާނު އަމީނު ފައިސަލު މިއަދު ވިދާޅުވީ، ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެހެއް ނޭނގޭތީ މައްސަލައިގެ ދައުވާ ފޯމް މިއަދު ބާޠިލު ކޮށްފި ކަމަށެވެ.

"ދައުވާ ފޯމް ބާޠިލު ކުރީ ޢަލީ ވަޙީދު އުޅޭ އެޑްރެހެއް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނަ ގޮތަށް" އަމީން ފައިސަލް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ރޭޕް ކުރިކަމުގެ ތުހުމަތުތަކެއް އުފުލިފައިވާ އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލައިފައިވެއެވެ.

އެ ދައުވާތައް އުފުލައިފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ކޮށްފައެވެ. އަދި ހަމަ އެރޭ އޭނާ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ ދޫކޮށް ފުރާފައެވެ.

އަލީ ވަހީދު ދިރިއުޅޭ ތަނެއް ހޯދައިދިނުމަށް ދައުލަތުން ފުލުހުގައި އެދުނު އެދުމުގައި ވެސް އެކަން ކާމިޔާބު ނުވުމުން ޕީޖީން އެކަން ކޯޓަށް އަންގާފައިވާ ކަމަށް، އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވެފައި ވެއެވެ.

Ads by HDC
  1. ޖާނޭ

    މާކުރިންވެސް އެގޭ ކމެއް ތިޔައީ. ޤަސްދުގައި ކުރާކަކންކަން ވިއްޔާ.