ޚަބަރު

އުމުރުން 30 އަހަރުން ދަށުގެ މީހުން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލަން ލަފާދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހަމުންދާ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިން، އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް ދިނުން ހުއްޓައިލުމަށް އިނގިރޭސިވިލާތުގެ އެޑްވައިޒަރީ ގްރޫޕުން ލަފާ ދީފިއެވެ.

Ads by STELCO

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުން ބުނީ ކޮވިޝީލްޑް ވެކްސިން ދޭ ބައެއް މީހުންގެ ލޭ ގަނޑުވުމާއި ވެކްސިންއާ ގުޅުން އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިނގިރޭސިވިލާތުގެ އެޑްވައިޒަރީ ގްރޫޕުން ލަފާ ދީފައި ވަނީ އުމުރުން 29-19 އަހަރުގެ މީހުންނަށް ފައިޒާ ނުވަތަ މޮޑާނާ ވެކްސިން ދިނުމަށެވެ.

މީގެ ކުރިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޝީލްޑް ވެކްސިން ޖެހި 20 މިލިއަން މީހުންގެ ތެރެއިން 79 މީހަކަށް މާރިޗް މަހުގެ ނިޔަަލަށް ވަނީ ލޭގަނޑުވުން ނުވަތަ ލޭހޮޅި ބެދުން އަދި ސިކުނޑިއަށް ގެއްލުންވުން ފަދަ ކަންކަމާ ކުރިމަތިވެފައެވެ. އޭގެ ތެރެއިން ނުވަ މީހަކު މަރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ލޭގަނޑުވުމާއި ކޮވިޝީލްޑް ވެކްސިނާ ގުޅުންހުރި ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވެސް ވަނީ ބުނެފައެވެ.

ނަމަވެސް އީޔޫގެ މެޑިސިންސް އޭޖެންސީ އިން ބުނީ، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހާ މީހުން ލޭގަނޑުވި ނަމަވެސް އެއީ ނިސްބަތުން މަދު ބައެއް ކަމަށެވެ.

Ads by HDC
  1. ޖނޖޖ

    ދެން މީހުންނަށް ބިރު ދައްކާ ތި ހުރިހާ އެއްޗެއް ކިޔައިގެން. ދިވެހިންނަކީ ނެގަޓިވް އެއްޗެއް ވިއްޔާ ކަމުގެ ދެކޮޅު ނުބަލަ ވެސް ގަބޫލު ކުރާ ބައެއް

    • އަހަރަމެންގެ ވެރި ރައްބަށް ވުރެން މި ވެކްސިނަކަށް އެއްބަޔަކު އިތުބާރު އެބަކުރޭ….