Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
މުނިފޫހިފިލުވުން

ރިއާ އާއި ދެކޮޅަށް ސުޝާންތުގެ ބައްޕަ މައްސަލަ ހުށައަޅައިފި

ރިއާ އާއި ދެކޮޅަށް ސުޝާންތުގެ ބައްޕަ މައްސަލަ ހުށައަޅައިފި

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވާން ހިތްވަރު ދިން ކަމަށް ބުނެ، ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއާއި ދެކޮޅަށް މައްސަލަ ހުށައަޅައިފިއެވެ.

މިމައްސަލަ ޕަޓްނާ ފުލުހަށް ހުށައަޅާފައިވަނީ ސުޝާންތުގެ ބައްޕައެވެ.

ސުޝާންތުގެ ބައްޕަ ރިއާ އާއި ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ ރިއާގެ ސަބަބުން ވެސް ސުޝާންތު މާލީ ގޮތުން ދަތިކަމާއި ކުރިމަތިވެ އެކަމާއި ފިކުރުބޮޑުވި ކަމަށާއި ނަފްސާނީ ގޮތުން ވެސް ސުޝާންތަށް އަނިޔާ ދިން ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރިއާގެ އިތުރުން ސުޝާންތުގެ އާއިލާގެ ތެރެއިން ޕަޓްނާއަށް ނިސްބަތްވާ ހަތަރު މީހަކާއި ދެކޮޅަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ޕަޓްނާއިން މިމައްސަލަ ތަހުގީގު ކުރާ ފުލުހުން މިހާރު ވަނީ މުމްބައީގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރުމަށް މުމްބައި އަށް ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް