ޚަބަރު

ހޯޑެއްދޫގައި ވޯޓްލާން ކިޔު ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު ހެނދުނު 7:00ގައި ފަށައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލުމަށް ގދ.ހޯޑެއްދޫގައި ކިޔޫ ހަދައިފިއެވެ.

Ads by Sosun Fihaara

ވޯޓުލާން ހޯޑެއްދޫގައި ކިޔު ހަދައިފައި ވަނީ ރޭ 8:00 ވެސް ނުވަނީސް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މި ކިޔޫގައި 100އަށްވުރެ ގިނަ މީހުން މިހާރުންސުރެ އެބަތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކިޔުގައި ތިބޭ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާނީ ކެމްޕޭނު ޓީމުތަކުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވޯޓުލާން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 7:00ގައެވެ. އަދި 5:00 ގައި ވޯޓުލުން ނިމޭއިރު، 5:00 ން 6:00 އަށް ވޯޓުލާން ދިޔުމަށް ހަމަޖެހިފައި ވަނީ އެކަހެރިކޮށްފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނެވެ.

މި އިންތިހާބުގައި ޖުމުލަ 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ކައުންސިލް އިންތިހާބުގެ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން 1670 ކެނޑިޑޭޓުންނެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިއަދު ބާއްވާއިރު ކޮވިޑްގެ މި ހާލަތުގައި އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލެއް ވަނީ އެކުލަވާލައިފައެވެ.

އެގޮތުން މާސްކް އަޅަން ޖެހޭ ކަމަށާއި ތިން ފޫޓުގެ ގައިދުރުކަން ބަހައްޓަންޖެހޭ ކަމާއި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭނެކަން އަންގައިދޭ ލިޔުމެއް އެތަނުގައި އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހެ އެވެ.

އޭގެ އިތުރުން، ވޯޓުލާންދާ މީހުންގެ ކިއު ވެސް ތިން ފޫޓުގެ ގައިދުރުކަމަކާއެކު ބެހެއްޓޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމާއި އެމީހުން ތިބީ މާސްކް އަޅައިގެންތޯ ބެލުން ފަދަ ކަންކަން ކަށަވަރުކުރަން ސްޕަވައިޒަރުން ކަނޑައަޅަން ވެސް ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!