މާނަވީ ލާމަރުކަޒީ ޒަމާނަކަށް މަރުހަބާ އާއި ޒިންދާބާދު: ޓޫރިޒަމް މިނިސްޓަރ

މާނަވީ ލާމަރުކަޒީ ޒަމާނަކަށް ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މައުސޫމް މަރުޙަބާ ކިޔައިފިއެވެ.
މިނިސްޓަރ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލާމަރުކަޒީ ފަސޭހައާއި ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް ކައުންސިލުތަކުގެ ބައިވެރިވުމާއެކު ލާމަރުކަޒީ ހިނިތުންވުން ޓުރިޒަމްގެ ދާއިރާއިން ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
"ލާމަރުކަޒީ ފަސޭހައާއި ފައިދާ ރައްޔިތުންނަށް ލިބޭގޮތަށް ކައުންސިލުތަކުގެ ބައިވެރިވުމާއެކު ލާމަރުކަޒީ ހިނިތުންވުން ފަތުރުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތް އިންޝާﷲ ކާމިޔާބުވާނެ. މާނަވީ ލާމަރުކަޒީ ޒަމާނަކަށް މަރުހަބާ އާއި ޒިންދާބާދު!" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ބޭއްވުނު ކައުންސިލު އިންތިހާބާ ގުޅިގެންނެވެ.
އިއްޔެގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ވެރިކަން ކުރާ އެމްޑީޕީއަށް މި ވަނީ މުހިންމު ގޮނޑިތަކެއް ގެއްލިފައެވެ. އެގޮތުން ވެރިކަން ކުރާ މާލެސިޓީގެ މޭޔަރުކަން ވެސް ހިމެނެއެވެ. ހަމައެއާއެކު އައްޑޫސިޓީގެ ގިނަ ގޮނޑިތަކެއް ވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.