Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"ބޮޑު ސިޔާސީ ދެ ޕާޓީގެ މެދުން އެކެއް އިންސައްތަ ވޯޓް ނެގުމަކީ ކުދި ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އަޅުގަނޑަށް އޮތްކަމުގެ ހެއްކެއް"

"ބޮޑު ސިޔާސީ ދެ ޕާޓީގެ މެދުން އެކެއް އިންސައްތަ ވޯޓް ނެގުމަކީ ކުދި ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އަޅުގަނޑަށް އޮތްކަމުގެ ހެއްކެއް"

ބޮޑު ސިޔާސީ ދެ ޕާޓީގެ މެދުން އެކެއް އިންސައްތަ ވޯޓް ނެގުމަކީ ކުދި ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އޭނާއަށް އޮތްކަމުގެ ހެއްކެއް ކަމަށް މާލެސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލު އިންތިހާބުގައި އަލްހާންއަށް ލިބިލެއްވީ މާލެސިޓީން އެންމެ 1 އިންސައްތަ ކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވަމުން އަލްހާން ވިދާޅުވީ ބޮޑު ސިޔާސީ ދެ ޕާޓީގެ މެދުން 1 އިންސައްތަ ނެގުމަކީ ކުޑަ ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އޭނާއަށް އޮތްކަމުގެ ހެއްކެއް ކަމަށެވެ.

"51 މީހުން ވޯޓުލާ އާބާދީއެއްގައި އަޅުގަނޑު ، ބޮޑު ދެ ޕާޓީީގެ މެދުން 1 % ނެގުމަކީ ކުދި ސިޔާސީ ޕާޓީއަކަށް ނެތް ތާއީދު އަޅުގަނޑަށް ރައްޔިތުން ދެއްވިކަމުގެ ހެއްކެއް! ވިކިފައިވާ މީޑިއާތަކުން ރައްޔިތުންނާ ހަމައަށް އަޅުގަނޑުގެ ބަހެއް ވެސް ނުއިއްވާ!" އަލްޙާން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިއްޔެ ބޭއްވި އިންތިހާބުގައި އަލްހާނާއެކު މާލެސިޓީ މޭޔަރު ކަމަށް ވާދަ ކުރެއްވީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.

ޑރ. މުޢިއްޒް ވަނީ 9555 ވޯޓާއެކު، 61.29 އިންސައްތަ ހޯއްދަވާ މާލެސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ ގޮނޑި ކަށަވަރު ކުރައްވާފައެވެ. އަނަސްއަށް ލިބިލައްވާފައި ވަނީ 5768 ވޯޓެވެ. އެއީ 37 އިންސައްތައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް