ދުނިޔެ

ޖަލުގައި ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރަށް ޤުރުއާން ކިޔަވަން ހުރަސް އަޅަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޖަލުގައި މިވަގުތު ހުންނެވި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޤުރުޢާން ކިޔަވަން ހުރަސް އަޅާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ،

Ads by WAMCO

ނަވަލްނީގެ ފަރާތުން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންދާ މުއްދަތުގައި ގުރުއާން ކިޔަވަން ބޭނުންވާ ކަމަށާއި ގުރުއާންގެ މުސްހަފެއް ހޯދަން އެދުމުން އެކަން ޖަލުންކޮ ށްދީފައި ނުވާ ކަމަށެވެ. އަދި މިކަން އޭނާގެ ފަރާތުން ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ،

އެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ، ޤުރުޢާން ކިޔެވުމަށް ނިންމާފައި ވަނީ، އަމިއްލަ ނަފްސު އިސްލާޙް ކުރަން ކަމަށާއި އެކަން ކުރުމަށް އޭނާ އަޒުމް ކަނޑައަޅާ ކަމަށެވެ.

ނަވްލީ ހުރި ޖަލުން ބުނެފައި ވަނީ އޭނާ ކިޔުމަށް އެދުނު ފޮތްތައް ދިރާސާ ކުރަމުން އަންނަ ކަމަށާއި ޖަލަށް ފޮތެއް ވެއްދޭނީ އެފޮތުން މީހާގެ ވިސްނުން ހައްދު ފަހަނަ އަޅާތޯ ނުވަތަ ނޫންތޯ ޔަޤީން ކުރުމަށް ފަހުގައި ކަމަށެވެ. އަދި މިކަމަށް 3 މަސް ދުވަސް ހޭދަވާނެ ކަމަށް ވެސް ޖަލުން ބުނެފައިވެއެވެ.

ބުރަކަށީގެ ރިހުމާއި ފައިގެ ރިހުން ބަލަން ޑޮކްޓަރުން ގެނެސްދީފައި ނުވާތީ މިވަގުތު ނަވްލީ ހުރީ ބަނޑުހައިހޫނުކަމުގެ ހަލުތާލެއްގައެވެ.

ނެވްލީ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހު ޖަރުމަނުން މޮސްކޯއަށް ވަޑައިގެންނެވި ތަނުންނެވެ. އޭނާއަކީ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އިދިކޮޅު ސިޔާސީ ލީޑަރެވެ. ނެވްލީ މަރާލަން އުޅުނު ކަމުގެ ތުހުމަތު ރަޝިއާގެ ސަރުކާރަށް ވަނީ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!