Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފައިޒާ ވެކްސިން ޖަހަން ރެޖިސްޓްރީ ކުރާ މީހުން ގަޑިއަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި

ފައިޒާ ވެކްސިން ޖަހަން ރެޖިސްޓްރީ ކުރާ މީހުން ގަޑިއަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި

ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީ ކުރުމަށް ފަހު އެޕޮއިންޓްމެން ޓްދޭ ދުވަހާއި ގަޑިއަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށައިފައި ވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ.

ފައިޒާ ވެކްސިން ދިނުމަށް މިހާރު ހަމަޖެހިފައި ވަނީ އުމުރުން 16 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށެވެ. މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެޗްޕީއޭއިން އެދިވަޑައިގަތީ ވެކްސިން ޖެހުމަށް ރަޖިސްޓްރީން ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އެޕޮއިންޓްމެންޓް ދެވޭ ދުވަހާއި ގަޑިއަށް ހާޒިރުވުމަށެވެ.

ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި ޢަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ ޢަދަދަށް ބަލައިގެންކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ހަދިޔާކުރީ ފައިޒާ ވެކްސިންގެ 5،500 ޑޯޒްއެވެ. މިދިޔަ މަހުގެ 25ވަނަ ދުވަހު ރާއްޖެއަށް ގެނައި މި ވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހެނީ ފިނިހޫނުމިން 70 ޑިގްރީގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް