ދީން

އެ އަންހެންމީހާ ނިޔާވެއްޖެއެވެ. އެކަމަކު އޭނާ ކުޅުނު ލަދުވެތި ޓިކްޓޮކް ވީޑިއޯތައް އަދިވެސް އެބަހުއްޓެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް، ކިޔައިދެއްވައިފައިވާ ހަގީގީ ހާދިސާއެކެވެ.

Ads by MWSC

"އެއްދުވަހަކު އަހަންނަށް އަހަރެންގެ މުސްލިމް އަޚަކު ފޯނު ކުރިއެވެ. މުސްލިމު އަޚާ ބުނީ އޭނާގެ އަންހެން ކޮއްކޮ، މީގެ ދުވަސްކޮޅެއް ކުރިން ކޮރޯނާ ވައިރަސް ޖެހިގެން ނިޔާވެއްޖެ ކަމަށެވެ.

އެ އަޚާ ބުނީ، އޭނާގެ ކޮއްކޮއަކީ ޓިކްޓޮކްގައި އެކި ފާޑުގެ ވީޑިއޯތައް ކުޅެ، އެ ވީޑިއޯތައް ހިއްސާ ކޮށްފައިވާ މީހެއް ކަމަށެވެ.

އޭނާގެ ކޮއްކޮއަކީ އެފަދަ ވީޑިއޯތައް ކުޅެގެން މަޝްހޫރު ވެފައިވާ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ލަދުވެތި ވީޑިއޯތައް ހުރުން އޭނާގެ ކޮއްކޮގެ ފުރާނައަށް ރަނގަޅުވާނެހެން ހީނުވާ ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެ އާއިލާއިން މަސައްކަތް ކުރީ އެ ވީޑިއޯތަށް ޑިލީޓު ކޮށްލާށެވެ. ނަމަވެސް އެމީހުންނަށް އެކަން ނުކުރެވުނު ކަމަށް އަހަރެންގެ އަޚާ ބުންޏެވެ.

ވީޑިއޯތައް ޑިލީޓު ކުރެވޭތޯ ޓިކްޓޮކް ހިންގާ މީހުންނަށް ވެސް ގުޅައި، އެކަމަށް އެދުނު ކަމަށް ބުންޏެވެ. އެހެން ނަމަވެސް އެމީހުންނަށް އެކަމުން ކުރިމަތިވީ ނާކާމިޔާބީ އާއެވެ. މިއީ އިބްރަތެއް މެނުވީ ނުވޭ ނޫން ހެއްޔެވެ.

މުސްލިމު އަޚުންނާއި އުޚްތުންނޭވެ. މީސްމީޑިއާ ބޭނުން ކުރާއިރު، ތިމާ މި ދުނިޔެއިން ވަކިވެގެން ދިޔުމަށް ފަހުގައި ވެސް، އޭގެ ސަބަބުން ތިމާއަށް ދެރައެއް ނުލިބޭނެ ފަދަ ގޮތަކަށް ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ.

ބައެއްފަހަރު މީސްމީޑިއާގައި ބައެއް މީހުން އެއްޗެހި ހިއްސާ ކުރަނީ ހަމައެކަނި ގިނަ ފޮލޯވަރުން ހޯދައި މަޝްހޫރުވުމުގެ ނިޔަތުގައެވެ. އެހެންމީހުންގެ ސަމާލުކަން ހޯދަން ވަރަށް ލަދުވެތި އެއްޗެހި ވެސް ބައެއް ފަހަރު މީހުން ހިއްސާ ކުރެއެވެ.

މި ފަދައިން ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ވިޔަސް ހިއްސާ ކުރުމުގެ ކުރިން އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. މިއީ އާޚިރުގައި ތިމާއަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދީފާނެ ޕޯސްޓެއް ބާއެވެ. ފުރިހަމަ އީމާންތެރި އަޅެއް ނަމަ، ކުރައްވާނީ އެމީހަކަށް ދެ ދުނިޔޭގައި ވެސް ފައިދާވާނެ ކަންކަމެވެ.

އެހެންކަމުން މީސްމީޑިއާ ބޭނުން ކުރުމުގައި ވެސް ޒިންމާދާރުކަން އިޚްތިޔާރު ކުރައްވާށެވެ.

މާތް ﷲ އަޅަމެންނަށް ތެދުމަގު ދައްކަވައި، ނިޔާވި އެ އުޚްތާގެ ފާފަތައް ފުއްސަވައި ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން!"

  1. މަރިޔަމް

    އާމީން