ޚަބަރު

އެމް.އެން.ޔޫ.އެސް.ޔޫ ރަމަޟާން ކުއިޒް މި އަަހަރު ޝައުގުވެރި ގޮތަކަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން 1442 ވަނަ އަހަރުގެ ރަމަޟާން ކުއިޒް މުޅިން ތަފާތު ގޮތަކަށް ، ވަރަށް ޝައުގުވެރިކޮށް ފަށައިފިއެވެ.

Ads by Sosun Fihaara

މިއިީ ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން އާންމުން ހޭލުންތެރި ކުރުމަށް ކޮންމެ އަހަރަކުވެސް ގެނެސްދޭ ދީނީ ސުވާލު މުބާރާތެއް ކަމަށް އެމްއެންޔޫއެސްޔޫއިން މައުލޫމާތު ދެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރޯދަމަހު ގެނެސްދިން ”ޑެއިލީ އިންސައިޓްސް“، “ހިކުމަތުގެ ބަސް“ އަދި މިފަދަ ދީނީ މައުލޫމާތުތައް ހިމެނޭ ޕްރޮގުރާމްތައް އެކައްޗެއްގެ ސިފައިގައި މިފަހަރުގެ ކުއިޒްގައި ވަނީ ހިމެނިފައި ކަމަށާއި ސުވާލު ގެނެސް ދެވެނީ ދީނީ ޢިލްމުވެރިއެއްގެ ދަރުހަކަށް ފަހުގައި ކަމަށް ވެސް އެ ޔޫނިއަން އިން ވިދާޅުވެއެވެ.

މި ދަރުސްގައި އެދުވަހެއްގެ ސުވާލާ ގުޅޭ މަޢުލޫމާތު ދެއްވާނެއެވެ. ކޮންމެ ދުވަހަކުވެސް މި ކުއިޒް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ތަފާތު މައުޟޫއަކަށެވެ.

މި މުބާރާތުގައި އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރައްވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޚާއްޞަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ކޮންމެ ހަފްތާއެއް ނިމުމުން، އެ ހަފްތާގެ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޔޫނިއަން އިން ވިދާޅުވެއެވެ.

2018 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ ”އެމް.އެން.ޔޫ.އެސް.ޔޫ ރަމަޟާން ކުއިޒް“ އަކީ އެމް.އެން.ޔޫ.އެސް.ޔޫ ގެ މީޑިއާ ޓީމުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!