Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ޕީޕީއެމް ރުއް" ކަނޑާލި ވީޑިއޯއަކީ ކުޅެލި ޑްރާމާއެއް ކަމަށް ބުނެ ކައުންސިލުން ދިފާޢުކޮށްފި

"ޕީޕީއެމް ރުއް" ކަނޑާލި ވީޑިއޯއަކީ ކުޅެލި ޑްރާމާއެއް ކަމަށް ބުނެ ކައުންސިލުން ދިފާޢުކޮށްފި

ށ. ފޯކައިދޫގައި އެމްޑީޕީ ސަޕޯޓަރުން ފިޔާތޮށި ކުލައިގެ ފޮތި އޮޅައިފައި ހުރި ރުކެއް ކަނޑާލުމަކީ، ކުޅެލި ޑްރާމާއެއް ކަމަށް ބުނެ އެ ރަށު ކައުންސިލުން އެކަން ދިފާއު ކޮށްފިއެވެ.

މީސް މީޑިއާގައި މިއަދު ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި ރީނދޫ ކުލައިގެ ހެދުން ލައިގެން ތިބި ބަޔަކު އެ ރަށު އަތިރިމަތީ ހުރި ފިޔާތޮށި ފޮތި އޮޅާފައި ހުރި ރުކެއް ކަރަންޓު ކީހަކުން ބުރިކޮށްލައި ރުއް ކަނޑާ ވައްޓައިލައެވެ. އަދި އެ ސަރަހައްދުގައި އެއްވެފައި ތިބި އެމްޑީޕީގެ ގިނަ ސަޕޯޓަރުން އަތް ޖަހައި، އެކަމާ އުފާ ފާޅު ކުރާ މަންޒަރު ވެސް ފެނެއެވެ.

މިކަމާމެދު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ، އެންވަޔަރްމަންޓް މިނިސްޓްރީ އާއި އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވައިލައިފައެވެ.

Advertisement
Allied Insurance — Square (box)

އޮންލައިން ނޫހަކަށް މިކަމާމެދު ވާހަކަ ދައްކަވަމުން، ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެއީ ލޯކަލް ކައުންސިލް އިންތިހާބުން ކާމިޔާބުވުމާ ގުޅިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުން ކުޅެލި ޑްރާމާއެއް ކަމަށެވެ.

"ކުރިން އިން ރުކެއް ނޫން އެއީ. ބިންދައިގެން ގޮސް އޮތް ރުކެއް އެއީ ކުރިން ވެސް. އެ ދުވަހު އަމިއްލައަށް އިންދައިގެން ފޮތި އޮޅާފަ އަމިއްލައަށް ކަނޑާލި ރުކެއް. އެއީ ޕީޕީއެމް އާ ގުޅުން ހުރި ކަމެއް ނޫން،" ރާޝިދު ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ހިންގި މި ހަރަކާތުގައި އެ ރުއް ކަނޑާލީ އެ ރަށުގައި އެމްޑީޕީން ބޭއްވި ބޮޑު ހިނގާލުމެއް ނިންމާލާފައި ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް