ދުނިޔެ

އިންޑިޔާއިން ރެކޯޑު އަދަދަކަށް މީހުން ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވި 24 ގަޑިއިރުތެރޭގައި އިންޑިޔާގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެގައުމުން 230،000 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އެއީ އެގައުމުން މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ފައްސި ކޭސް ފެނުނު ދުވަހެވެ. ހަމައެއާއެކު ކޮވިޑް ބަލީގައި އެގައުމުން 1،185 މީހުން އިއްޔެ މަރުވެފައިވާ ކަމަށް ވެސް ރެކޯޑް ކުރެވިފައި ވެއެވެ.

އިންޑިއާއިން މިހާތަނަށް 14.3 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި 12.5 މިލިއަން މީހުން ބަލިން ރަނގަޅުވެފައި ވާއިރު 174،000 މީހުން ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

އެގައުމުގައި ހަލުވި ކަމާއެކު ބަލި ފެތުރި، ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން ދާތީ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެގޮތުން އެނދުގެ ދަތިކަމާއި އޮކްސިޖަންގެ ދަތިކަމާ އެގައުމަށް މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!