ދަމުނަމާދުގައި ކުރެވޭ ދުޢާ އަމާޒުން ބޭރު ނުވާ ތީރެއް ފަދައެވެ: އިމާމް ޝާފިޢީ
ދަމުނަމާދު ކުރުމުން އަޅުގަނޑުމެންގެ އީމާންކަން ތާޒާވެ، ފާފަތައް ފުހެވިގެން ދިޔުމުގެ އިތުރުން ފާފަކުރުމާމެދު ހިތުގައި ނަފްރަތުކަމެއް އުފެދި، އުޚްރަވީ ނިޢުމަތްތަކަށް އަޅުގަނޑުމެންގެ ހިތްތައް ލެނބިގެންދާނެއެވެ. އަޅުގަނޑުމެންގެ ނަފްސުތައް ޠާހިރުވެ ހިތްތައް އަލިވެގެން ދާނެއެވެ.
އިމާމު ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ.
"ދަމުނަމާދުގެ ވަގުތުގައި ކުރެވޭ ދުޢާ އަމާޒުން ބޭރު ނުވާ ތީރެއް ފަދައެވެ."
ސަލަފުންގެ އެހެން ބޭކަލަކު ވިދާޅުވެފައިވެއެވެ.
"ރޭގަނޑުގައި ނަމާދުކުރުން ގިނަވެއްޖެ މީހާގެ މޫނު، ދުވާލުގައި އުޖާލާވެގެން ވެއެވެ."
ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.
" مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ" صحيح مسلم، 133 – 1893]
މާނައީ: "ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރު ހުއްޓެވެ."
މިސާލަކަށް ތިމާ ފޭސްބުކުގައި ޝެއަރކޮށްފައިވާ ޕޯސްޓެއްފެނި މީހަކު ދަމުނަމާދު ކުރަން ފަށައިފިނަމަ، ތިމާއަށް ދަމުނަމާދު ކުރުމުގެ އަޖުރު ލިބެމުންދާނެއެވެ. ތިމާ މަރުވުމުން މި އަޖުރުތައް ލިބުން ތިބާއަށް ނުހުއްޓޭނެއެވެ. އަދި ކިއެއްތަ، ފައިދާހުރި ޢިލްމު ތިބާ ފަތުރާފައިވާނަމަ، އެކަމުގެ އަޖުރު ތިމާ މަރުވުމަށް ފަހު ވެސް ލިބެމުންދާނެއެވެ.