ޚަބަރު

”އެމް.އެން.ޔޫ.އެސް.ޔޫ ރޯދަ ރަން“ މިއަދު ފަށައިފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: އެންމއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ކުރިއަށް ގެންދާ”އެމް.އެން.ޔޫ.އެސް.ޔޫ ރޯދަ ރަން“ ފަށައިފިއެވެ.

Ads by Sosun Fihaara

ދުވުމުގެ މި ޗެލެންޖު ފަށައިފައި ވަނީ އޭޕްރީލް 16 ވީ ހުކުރު ދުވަހުގައެވެ.

މި ޗެލެންޖަކީ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލައިގެން 2021 އޭޕްރީލް 16 އިން މެއި 20 އަށް ބާއްވާ ޗެލެންޖެކެވެ. މި ދުވުމުގެ ޗެލެންޖު ފުރިހަމަކުރާ ކޮންމެ ފަރާތަކަށް މެޑައްޔެއް ދިނުމަށް ހަމަޖެހިފައިވާއިރު، 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމެއް ދިނުމަށް އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ ކަނޑައަޅާފައެވެ.

މި ހަރަކާތަކީ ޔޫނިއަންގެ 9 ވަނަ ދައުރުން އިސްކަންދޭނެ ދާއިރާތަކުގެ ތެރޭގައާއި އެމް.އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިއެއް ކަމުގައިވާ ދުޅަހެޔޮ ސިއްހަތަށް އިސްކަން ދިނުމުގެ ގޮތުން އަދި އެ.މް.އެން.ޔޫގެ އަހަރީ ދުވަހު ބޭއްވުމަށް ރާވަމުންދާ ދިގު ހިނގުމުގެ ރޭހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް. ހަމައެއާއެކު، ބަލިތަކުން ދިފާއު ވުމަށް މިފަދަ ކަންކަމަކީ ކުރުން މުހިންމު ކަމެއްކަން ފާހަގަ ކުރަން

ޔޫނިއަންގެ ރައީސް ޢަބްދުﷲ ޝަހުނީޒް

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނައިކް ރަން އެޕްލިކޭޝަން މެދުވެރިކޮށެވެ. ތިރީގައިވާ ލިންކުން މި ޗެލެންޖުގައި ބައިވެރިވެވޭނެއެވެ.

ލިންކު

މީގެ އިތުރުން ”އެމް.އެން.ޔޫ ދިގު ހިނގުން“ ގެ ނަމުގައި އެމް.އެން.ޔޫ ގެ ދަރިވަރުންނާއި މުވައްޒަފުންނަށް ހުޅުވާލައިގެން ވަނީ ހިނގުމުގެ ހަރަކާތެއް ފަށާފައެވެ. އަދި މި ހަރަކާތަކީ ”ދުޅަހެޔޮ އެމް.އެން.ޔޫ، ދުޅަހެޔޮ މުޖުތަމަޢު“ ޝިޢާރުގެ ދަށުން ހިންގޭ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ މަޤްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް އާދަ ކުރުވާ އުފާވެރި އެކުވެރި މާޙައުލެއް ޤާއިމްކުރުމެވެ. މި ހަރަކާތަކީ އެމް.އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭން 2020-2025 ގެ 8.7 ވަނަ މާއްދާގެ ދަށުން ޙާޞިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ.

މިފަދަ ހަރަކާތްތައް އެމް.އެން.ޔޫ.އެސް.ޔޫ އިން އަބަދު ވެސް އަންނަނީ ބާއްވަމުންނެވެ. މިފަދަ ހަރަކާތްތައް ބޭއްވުމުގެ މަޤްސަދަކީ އެމް.އެން.ޔޫ ދަރިވަރުންނާއި އާއްމުން ސިއްހީ ކަންކަމަށް އިސްކަން ދިނުމަށް ބާރުއެޅުމާއި، އެކުވެރިކަމާއި އުފާވެރި މާޙައުލެއް ކަށަވަރުކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!