Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ޕީސީއާރު ޓެސްޓުތަކުން ނުދައްކާ ކޮވިޑް-19 ގެ ބިރުވެރި ވޭރިއަންޓެއް ފެތުރެނީ

ޕީސީއާރު ޓެސްޓުތަކުން ނުދައްކާ ކޮވިޑް-19 ގެ ބިރުވެރި ވޭރިއަންޓެއް ފެތުރެނީ

ކޮވިޑް-19 ޓެސްޓު ކުރުމަށް އާންމުކޮށް ހަދާ ޕީސީއާރު ޓެސްޓުތަކަށް ނުފެންނަ ވައްތަރެއްގެ ކޮވިޑް-19 ވޭރިއަންޓެއް ފްރާންސުން ފެނިއްޖެއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީން ބުނީ ފްރާންސުން ފެނުނު 79 މީހުންގެ ކްލަސްޓާއަކުން 8 މީހުންނަށް ކޮވިޑް-19ގެ އައު ވޭރިއަންޓު ޖެހިފައިވާ ނަމަވެސް ޕީސީއާރު ޓެސްޓުތަކުން ދައްކަނީ ކޮވިޑަށް ނައްސި ކަމަށެވެ.

ކޮވިޑް ޓެސްޓަށް މި ހަތަރު މީހުން ނައްސިވި ނަމަވެސް ކޮވިޑް-19 ޖެހުމުން ފެންނަ އަލާމާތްތައް މި މީހުންގެ ގައިން ވަނީ ފެނިފައެވެ.

Advertisement
Allied Insurance — Square (box)

ފްރާންސުގެ ހެލްތް މިނިސްޓްރީން މި ވޭރިއަންޓާ ގުޅޭ އިތުރު ތަފްސީލް ހާމަ ނުކުރި ނަމަވެސް މިއީ ޕީސީއާރު ޓެސްޓަށް ނުފެންނަ ފުރަތަމަ ވޭރިއަންޓު ނޫން ކަން ފާހަގަ ކޮށްލަންޖެހެއެވެ. މީގެ ކުރިން ފިނިޝްގެ ދިރާސާވެރިން ވެސް ވަނީ އެމީހުންނަށް ޕީސީއާރު ޓެސްޓުތަކުން ފެންނަން އުނދަގޫ ކޮވިޑްގެ މިއުޓޭޝަނެއް ފެނިފައިވާ ކަމަށް ބުނެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވައިރަސް ޖެހިފައިވާ ކަން ދެނެ ނުގަނެވޭ ނަމަ މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުން އުނދަގޫ ވެގެންދެއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީން އިތުރަށް ބުނީ ބަލި ޖެހުނު 8 މީހުންގެ ހާލު އެހެން މީހުންނަށް ވުރެ ގޯސް ނޫން ކަމަށެވެ. އަދި އެހެން ކަމުން މި އައު ވޭރިއަންޓު އެހެން ވޭރިއަންޓުތަކަށް ވުރެ ނުރައްކާ ކަމަށް ބުނެވެން ނެތް ކަމަށް ފްރާންސުން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް