ޚަބަރު

ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި 727 ކޮންޓެއިނަރުގެ މުދާ އެމްޕީއެލްއިން ކްލިއަރ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)އިން 727 ކޮންޓެއިނަރުގެ ޕެރިޝަބްލް މުދާ ކްލިއަރކޮށްފިއެވެ.

Ads by MWSC

އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ކްލިއަރކުރި 727 ކޮންޓެއިނަރގެ ތެރޭގައި 20 ފޫޓުގެ 367 ކޮންޓެއިނަރާއި، 40 ފޫޓުގެ 360 ކޮންޓެއިނަރު ހިމެނޭ ކަމަށް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ތައްޔާރު ކުރެވިފައިވާ އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކެއިންބުއިމަށް އެކި ބާވަތްތަކުގެ މުދާ އެކުލެވޭ މި ކޮންޓެއިނަރުގައި މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތައް ވެސް ހިމެނެއެވެ. އެގޮތުން 18،786 ބަސްތާގެ ފިޔާ، 26،520 ކޭސް ބިހާއި އަދި 8 ބަސްތާ އަލުވި ހިމެނޭކަމަށް އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މޭވާއާއި ތަރުކާރީ ގޮތުގައި ކެބެޖް، ލުނބޯ، އަނބު، ފަޅޯ، އަލަނާސި، ބަރަބޯ، އަދި ޓޮމާޓޯ ފަދަ އެކި ބާވަތްތައް ހިމެނެއެވެ.

ކޮވިޑް19އަށް ފަހު މިހާރު ރާއްޖެ އަންނަ މުދަލުގެ އަދަދު އެތައް ގޮތަކުން އިތުރު ވަމުން އަންނަ ކަމަށާއި، މިއަހަރުގެ މިހާތަނަށް ލޮކްޑައުން ކުރުމުގެ ކުރިން އަޅައިބަލާއިރު ރާއްޖެ ގެންނަ މުދަލުގެ އަދަދު %80 އިތުރުވެފައިވާކަމަށް އެމްޕީއެލްއިން ބުންޏެވެ. މިހާރު އެންމެ ގިނައިން ރާއްޖެ އެތެރެވާ މުދަލަކީ ކާނާއަށް ވާއިރު އެފަދަ ތަކެތި ހަލާކުވުމުގެ ކުރިން ވެރިފަރާތްތަކަށް ރައްދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭކަމުގައި ވެސް އެމްޕީއެލްއިން ފާހަގަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!