ރެސިޕީ

ދެން ރެސިޕީ | ޓްރެސް ލެޗެސް (މިލްކް ކޭކް)

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޓްރެސް ލެޗެ ނުވަތަ އާންމު ނަމުން ނަމަ މިލްކް ކޭކް އަކީ މިދުވަސްކޮޅު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކޭކެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

  • 4 ބިސް
  • 200ގ ހަކުރު
  • 200ގ ފުށް
  • 10 މޭޒުމަތީ ސަމުސާ ބަޓަރު
  • 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
  • 1 މޭޒުމަތީސަމުސާ ވެނިލާ އެސެންސް
  • 1 ޖޯޑު ރޯ ކިރު
  • ވިޕިން ކްރީމް

ތައްޔާރު ކުރާނެ ގޮތް:

އިލެކްޓްރިކް ހޭންޑް މިކްސާ އެއް ބޭނުން ކޮށްގެން ނުވަތަ މިކްސަރެއްގައި ފުރަތަމަ ބިސްތައް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް، ހަކުރާއި، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ފުށާއި، ބޭކިން ޕައުޑަރ އެޅުމަށް ފަހު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ދެން އެއަށްފަހު ވަކިން ތެއްޔެގެ ތެރެއަށް ކިރާއި ބަޓަރު އެޅުމަށްފަހު އެއްވަންދެން ގޭސް އުނދުނުގައި ރަނގަޅަށް ހޫނު ކޮށްލާށެވެ. އެއަށް ފަހު ކުރިން ހެދި މިކްސްގެ ތެރެއަށް އެއްވެފައި ހުރި ކިރާއި ބަޓަރު ކޮޅު އަޅާލައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް މިހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ކޮންޓެއިނަރަކަށް ނުވަތަ ކޭކް ފިހާ ޓްރޭއަކަށް އަޅާ، އަވަން 180 ޑިގްރި ސެލްސިއަސް އަށް ހޫނުކުރުމަށް ފަހު 30 މިނެޓު ވަންދެން އަވަނުން ކޭކު ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫ ކުރުމަށް ކޭކް އަވަނުން ނަގާފައި ބަހައްޓާށެވެ. އަދި ކޭކް ހިހޫ ވުމުން ކޭކްގެ މަތީގައި ވިޕިން ކްރީމް ހާކާށެވެ.

ކޭކް ސާރވް ކޮށްލުމަށް ކޭކް މަތީގައި ސްޓްރޯބެރީ ފަދަ މޭވާ އެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!