ޚަބަރު

ދިރާސީ އައު އަހަރުގެ އެކެޑެމިކް ކަލަންޑަރު ނެރެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ އޮގަސްޓް މަހު ފެށޭ ދިރާސީ އައު އަހަރުގެ އެކެޑެމިކް ކަލަންޑަރު ނެރެފިއެވެ.

Ads by STELCO

އެޑިއުކޭޝަނުން މިއަދު ނެރުނު ދިރާސީ އައު އަހަރުގެ ކަލަންޑަރުން ދައްކާ ގޮތުގައި ކުރިޔަށް އޮތް ދިރާސީ އަހަރު ފަށާނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން އައު އެކެޑެމިކް އެކްޓު ވެސް ތަންފީޒު ކުރެވިގެން ދާނެއެވެ.

ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ދިގު ދެމިގެން ދާނީ 89 ދުވަހަށެވެ. އެއީ އޮގަސްޓް 10 އިން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން 111 ދުވަހަށް ދެމިގެންދާއިރު ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށެވެ.

ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19 ފެތުރެމުން ދިޔުމުން، ތަޢުލީމީ ދާއިރާއަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ބޮޑުބަޔަކު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑަލާން ޖެހުމުގެ އިތުރުން އޮންލައިންކޮށް ކިޔަވައި ދޭން ވެސް މަޖުބޫރުވިއެވެ. ސްކޫލްތަކުގެ ކިޔެވުން މި އަހަރުގެ މާރިޗު މަހު، ސްކޫލަށް ހާޒިރު ވެގެން އަލުން ފެށި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އައު އަހަރު ފެށުން އޯގަސްޓް މަހަށް ބަދަލު ކޮށްފައެވެ. އަދި ކޮންމެ އަހަރަކު އަންނަ "ބޮޑު ޗުއްޓީ" ޖުލައި މަހު ފެށޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!