ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަޙައްދުގައި ދޭން ފަށަނީ

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަޙައްދުގައި ދޭން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ މާލެ ސަރަހައްދުގައި ދޭން ފަށާނެ ކަމަށާއި މާދަމާ ވެކްސިން ދޭނީ މިދިޔަ މަހުގެ 22 އާއި 23 ގައި އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މާދަމާ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭ ސެންޓަރުތަކާއި ގަޑިތައް:
- ޓްރީޓޮޕް ހޮސްޕިޓަލް: ހެނދުނު 10:00 އިން 12:00 (ރޯދަ ނޫން ފަރާތްތަކަށް) އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.
- ރައްޔިތުންގެ މަޖިލިސް: ރޭގަނޑު 9:30 އިން 11:00 އަށެވެ.




.jpeg?prefix=media)

ކޮމެންޓް