Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭ ހުކުރު މިސްކިތު މުންނާރު އުވަލައި، ސާފުކޮށްފި

މާލޭ ހުކުރު މިސްކިތު މުންނާރު އުވަލައި، ސާފުކޮށްފި

މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، އުވަލައި ނިންމައިލައިފިއެވެ.

މިއީ މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރިކުރުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަ ފިލުވައި ސާފުކުރުމުގެ މަސައްކަތަކީ ، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން މި މަހުގެ ހަވަނަ ދުވަހު ފަށައިފައިވާ މަސައްކަތެކެވެ. އެގޮތުން ސްޓެލްކޯއިން އެ މަސައްކަތް ކުރިއަށް ގެންދަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.

Advertisement
HDC — Sidebar (box)

https://twitter.com/STELCOMALDIVES/status/1384223414014013448?s=20

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއް ކަމަށާއި، މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނޭ ކަމަށެވެ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށައިފައިވާތީ، މިނިސްޓަރ ޔުމްނާ ވަނީ  ސްޓެލްކޯއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް