އިންޑިއާގެ މިސްކިތްތަކުން ހިލޭ އޮކްސިޖަން ސިލިންޑަރު ބަހަނީ
އިންޑިއާގެ ކޮވިޑް-19 ހާލަތު ގޯސްވެ، ހޮސްޕިޓަލުތަކަށް ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބަލި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ބައެއް މިސްކިތްތަކުން ހިލޭ އޮކްސިޖަން ފުޅި ބަހަން ފަށައިފިއެވެ.
ރެޑް ކްރެސެންޓް ސޮސައިޓީ އޮފް އިންޑިއާއިން އިސް ނަގައިގެން ފެށި މި ކެމްޕެއިނުގައި ގިނަ ސަރަހައްދުތަކެއްގެ މިސްކިތްތަކުގައި އަންނަނީ، ވަކި ދީނެއްގެ މީހެއް ނުބަލައި އޮކްސިޖަރު ސިލިންޑަރު ބަހަމުންނެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި މަސައްކަތް ފެށީ އިންޑިއާގެ ހާލަތު ގޯސްވެފައިވާއިރު، ހޮސްޕިޓަލުން އެނދު ނުލިބި ގޭގައި ފަރުވާ ދޭން ގިނަ ބަޔަކަށް މަޖުބޫރުވެފައި ވާތީ އެކަމަށް އެހީއެއް ދިނުމުގެ ގޮތުންނެވެ. އަދި މި ކެމްޕެއިނުގައި މީހެއްގެ ކުލަޔަކަށް އާއިލާއަކަށް ދީނަކަށް ނުބަލާނެ ކަމުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިސްކިތްތަކުގައި ބަހަމުން އަންނަ އޮކްސިޖަން ފުޅިތަކުގައި ގޭގައި އެ ބޭނުން ކުރާނެ ގޮތުގައި ފުލް ކިޓު ވެސް ހިމެނެއެވެ.
އެޖަމިއްޔާއިން މިކަން ކުރުމަށް މިސްކިތްތައް ހިޔާރު ކުރީ މިސްކިތްތަކަކީ މާތް ތަނަކަށް ވެފައި މިފަދަ މަތިވެރި މަގުސަދެއްގައި ކުރާ ކަމަކަށް އެންމެ އެކަށޭނެ ތަނަކީ އެއީ ކަމުގައި ވާތީ ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
އޮކްސިޖަން ފުޅިތަކަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނައިރު މިހާރުވެސް އެ ކުންފުނިން ވަނީ 1000 ވުރެ ގިނަ އޮކްސިޖަން ފުޅި ބަހައިފައެވެ.