ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ޑިޕްރެޝަން ކޭކް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗޮކްލެޓު ޑިޕްރެޝަން ކޭކަކީ ފަސޭހައިން ލިބޭ ބާވަތްތަކުން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ކޭކެވެ. މި ކޭކަށް ޗޮކްލެޓް ޑިޕްރެޝަން ކޭކު ކިޔުނީ އެއްވެސް ހާލަތެއްގައި މި ކޭކުގެ ސަބަބުން ޑިޕްރެޝަނަށް ދާތީއެއް ނޫނެވެ. އެއީ މި ކޭކަކީ ދުނިޔެއަށް 1930 ވަނަ އަހަރުތަކުގައި ފެށުނު "ގްރޭޓް ޑިޕްރެޝަން" ދުވަސްވަރު އަޅަން ފެށި ދުވަސްވަރަކަށް ވާތީއެވެ. އެ ދުވަސްވަރު އިގްތިސޯދީ ގޮތުން ދުނިޔެ އޭގެ ކުރިން ތަހައްމަލު ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއްވިއެވެ.

Ads by WAMCO

ބޭނުންވާ ތަކެތި:

  • 1 1/2 ޖޯޑު ފުށް
  • 1 ޖޯޑު ހަކުރު
  • 1/4 ކޮކޯ ޕައުޑަރ
  • 1/2 ސައި ސަމްސާ ލޮނު
  • 1 ސައި ސަމްސާ ބޭކިން ސޮޑާ
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 1 ސައި ސަމްސާ ވައިޓް ވިނިގާ
  • 1/3 ޖޯޑު ތެޔޮ
  • 1 ޖޯޑު ފެން

ފްރޮސްޓިންއަށް ބޭނުންވާ:

  • 2 ސައި ސަމްސާ ބަޓަރ
  • 1/4 ޖޯޑު ކޮކޯ ޕައުޑަރ
  • 1 ޖޯޑު އައިސިން ޝުގަރ
  • 1 މޭޒުމަތީ ސަމްސާ ކިރު
  • 1/4 ސައި ސަމްސާ ވެނީލާ

ތައްޔާރުކޮށްލާނެ ގޮތް:

  • ބޯތަށްޓެއްގައި ފުށާއި ހަކުރާއި ލޮނު އަދި ބޭކިން ސޮޑާ އެއްކޮށްލާށެވެ.
  • އެހެން ތަށްޓެއްގައި ވެނީލާ، ވިނިގާ، ތެޔޮ އަދި ފެން ވެސް ރަނގަޅަށް އެއްކޮށްލާށެވެ.
  • އެއަށް ފަހު ހިކި ބާވަތްތަކާއި ދިޔާ ބާވަތްތައް ރަނގަޅަށް ގިރާލާށެވެ.
  • ކޭކު ފިހާ ޓްރޭއަކަށް ކުރިން ގިރި ކޭކުފުށް ގަނޑު އެޅުމަށް ފަހު 350 ޑިގްރީގައި 30-35 މިނިޓު ފިހެލާށެވެ.
  • ފްރޮސްޓް ވުމުގެ ކުރިން ރަނގަޅަށް ހިހޫ ކޮށްލާށެވެ.
  • ފްރޮސްޓިން ތައްޔާރު ކުރުމަށް ބަޓަރކޮޅު ތަވަޔަކަށް އަޅާލުމަށް ފަހު، ކޮކޯ ޕައުޑަރު އެޅުމަށް ފަހު ރަނގަޅަށް ކްރީމް ވަންދެން އެއްކޮށްލާށެވެ.
  • ރަނގަޅަށް އޮލަވުމުން އުނދުން މަތިން ބާލައި އެހެން ތަށްޓަކަށް އަޅާލާށެވެ.
  • ދެން އައިސިން ޝުގަރ، ކިރު އަދި ވެނީލާ އަޅައި ރަނގަޅަށް ވިޕް ކޮށްލުމަށްފަހު ކޭކު މައްޗަށް އަޅާލާށެވެ.

Ads by Allied Insurance
  1. ޙަލީމަތު

    1/4 ކޮކޯ ޕައުޑާ….. ޖޯޑު ނޫނީ ސަމްސާ؟