ދުނިޔެ

ކޮވިޑް-19 ޖެހިދާނެތީ ބިރުން އުޅޭ ހިންދޫންގެ އާއިލާ މީހުން ވަޅުލައިދެނީ މުސްލިމުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް ޖެހިގެން ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. ހާލަތު ގޯސްވެފައިވާއިރު މަރުވާ މީހުންގެ އާއިލާތަކުން އަންނަނީ ބަލި ޖެހިދާނެ ކަމުގެ ބިރަށް އެމީހުން ވަޅުލުމުގެ ކަންކަން ކުރަން ވެސް ދެކޮޅު ހަދަމުންނެވެ.

Ads by Sosun Fihaara

މި ދަނޑިވަޅުގައި އިންޑިއާގެ ދެ މުސްލިމުން ދަނީ ވަކި ދީނެއްގެ މީހަކަށް ބެލުމެއް ނެތި ބޯޕާލްގެ ހިސާބުތަކުގައި މީހުން ވަޅުލައި ދެމުންނެވެ. ދަނީޝް ސިއްދީގާއި ސައްދާމް ސިއްދީގު އަންނަނީ ދެވަނަ ރާޅުގެ ފަހުން މި މަސައްކަތް ކުރަމުންނެވެ.

މި ދެ މީހުން މިހައިތަނަށް ވަނީ ހިންދޫ ދީނުގެ 60އަށް ވުރެ ގިނަ މީހުން ވަޅުލައިފައެވެ. އެ އެންމެންނަކީ ވެސް ކޮވިޑުގެ ބިރަށް އާއިލާއިން ހަވާލުވާން ދެކޮޅު ހެދުމުން ވަޅުލައިދިން މީހުންނާއި ކޮވިޑްގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާ މީހުންނަށް ޖަނާޒާއަށް ހާޒިރުނުވެވޭ މީހުންނެވެ.

ދަނީޝް އާއި ސިއްދީގު އަންނަނީ ރޯދަ މަހު ރޯދައަށް ތިބެ، ހޮސްޕިޓަލުތަކަށް ގޮސް މަރުވާ މީހުންގެ ހަށިގަނޑު އުފުލައިދީ ޖަނާޒާގެ ކަންކަން ނިންމަމުންނެވެ.

މި ދެ މީހުން ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

Ads by Allied Insurance
  1. zeeshaan

    ހިންދޫން މަރުވީމަ ވަޅުލަނީ ދިހަ އަހަރުނުވާ ކުދިން ކަމަށްވަނީ
    އެހެން މީހުން އަންދާލަނީ