ދެން ރެސިޕީ: ޕޮޓޭޓޯ ޕައި

ބޭނުންވާތަކެތި:
1 ކިލޯ އަލުވި (ފޮތިކޮށް ކޮށާފަ)
40 ގ ބަޓަރު
3/1 ޖޯޑު ފުށް
2 ފިޔާ (ކުދިކޮށް ކޮށާފަ)
1 ލީޓަރ ކިރު
½ ސަމްސާ އަސޭމިރުސް
½ ސަމްސާ ލޮނު
ޗީޒް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ޕައި ސޯސް ހެދުމަށްޓަކައި ތަވައެއްގައި ބަޓަރު ކޮޅު ވިރެންދެން ހޫނު ކޮށްލުމަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކިރު ކޮޅުއަޅާ އޮލަ ވަންދެން ކައްކާށެވެ. ބޭނުންވާ ނަމަ ސޯސްކޮޅު ތެރެއަށް ކުޑަ ޗީޒްކޮޅެއް އެޅިދާނެ އެވެ. ސޯސްކޮޅު އެއްކޮށް އޮލަ ވުމުން އޭގެތެރެއަށް އަސޭމިރުސް އަދި ލޮނުކޮޅު އަޅައި ހޫނު ކުރުމަށްފަހު އުނދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭއެއްގައި ސޯސްކޮޅުގެ އެއްބައި އެޅުމަށްފަހު އޭގެމަތިން އަލުވި ފޮތިތައް އަތުރާށެވެ. އަދި އޭގެމަތިން ފިޔާތައް އަތުރާލުމަށް ފަހު ބާކީހުރި ސޯސްކޮޅު އެއްކޮށް އަޅާ ރީތިކޮށް ފަތުރާ ލާށެވެ. އަދި އޭގެމަތިން އަލުވި ފޮތިތައް އެތުރުމަށް ފަހު މަތި ފޮރުވެންދެން ޗީޒް އަޅާށެވެ. އެއަށް ފަހު އަވަނުގައި 35 މިނެޓް ފިހާށެވެ.