ޚަބަރު

ގާފަރަށް ފޮނުވި ކޮވިޑް ވެކްސިންތަކެއް ބޭނުން ނުކުރެވި އުކާލަން ޖެހިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ގާފަރަށް ފޮނުވި ކޮވިޑް ވެކްސިންތަކެއް ބޭނުން ނުކުރެވި އުކާލަން ޖެހިއްޖެ

ކޮވިޑް19 އިން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޕްރޮގްރާމް "ދިފާޢު"ގެ ދަށުން ކ.ގާފަރަށް ފޮނުވި ވެކްސިންތަކެއް ހަލާކުވެ އުކާލަން ޖެހިއްޖެއެވެ.

Ads by Sosun Fihaara

"ދެން"އާ ވާހަކަ ދެއްކި އެ ރަށު ހެލްތު ސެންޓަރުގެ މުވައްޒަފަކު ބުނީ އެ ރަށަށް އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިން ވެސް ލިބުނު ކަމަށެވެ. އޭގެ ތެރެއިން ހަލާކުވީ ސިނޮފޯމް ވެކްސިންތަކެކެވެ. މީގެ އިތުރުން ކުޑަކުދީންނަށް ގަވާއިދުންދޭ ވެކްސިންތަކެއް ވެސް ވަނީ ހަލާކުވެފައެވެ.

"ވަރަށް ކުޑަކުޑަ ފްރިޖެއް ހުންނަނީ ، އެ ފުރިޖްގެ ޓެމްޕަރޭޗަރ މައިނަސް ވީ ، ސިނޮފާމް ހުންނަން މި ޖެހެނީ + 2އާއި 8 އާ ދެމެދުގެ ޓެމްޕަރޭޗަރެއްގައި ، އެހެންވެ ދެން އެ ވެކްސިންތައް ބޭނުން ނުކުރަން ނިންމީ" ހެލްތު ސެންޓަރުގެ މުވައްޒަފު ބުންޏެވެ.

އޭނާ ބުނީ އެ ރަށަށް ލިބުނީ ސިނޮފާމްގެ 300 ޑޯޒް ކަމަށާއި ފްރިޖްގެ މައްސަލަ ޖެހުނުއިރު ބޭނުން ކުރެވިފައި ވަނީ އެންމެ 48 ޑޯޒް ކަމަށެވެ. އެހެންކަމުން 252 ޑޯޒް ވަނީ ބޭކާރު ވެފައެވެ. މީގެ އިތުރުން ހަލާކުވި ކުޑަކުދީންގެ ވެކްސިންތަކުގެ ތެރޭގައި ޕޯލިއޯއިން ރައްކާތެރިވުމަށް ދޭ 20 ޑޯޒް ހިމެނެއެވެ. ހަލާކުވި ވެކްސިންތަކުގެ އަގު ދެލައްކައާ ގާތްކުރެއެވެ.

އޭނާ ބުނީ އެ ވެކްސިންތަކާ މެދު ޢަމަލު ކުރަންވީ ގޮތެއް ހޯދަން ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދު ހޯދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާފަރުގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒާއި ސިނޮފާމްގެ ފުރަތަމަ ޑޯޒެވެ.

Ads by HDC
  1. ސުލަިމާން

    ފްރިޖެއް ނެތިއްުޔާ ރައއޔިތުންގެ ތަންތަން ހުންނާނެ، މިފަދަ ކަމއެްގައި ރަށުކައިންސިލުގެ މަދަދިވެސް ހޯދަންޖހޭނެ. ތިކަމާ ހަވާލުވެ ތިބި ބައެއްގެ އިޙުމާލުތިޔައީ.

  2. އާދަނު

    ތިކަމަށް ހެލްތް ޕޯސްޓުން ޒިންމާވާން ޖެހޭނެ