ދީން

ޒިނޭ ކުރާ މީހާއަށް ކައްވަޅުގައި ލިބޭ ޢަޛާބު

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد

Ads by STELCO

ޒިނޭ ކުރާ މީހުންނަށް ކައްވަޅުގައްޔާއި އާޚިރަތުގައިވެސް ޢަޛާބު ދެއްވާނެއެވެ. ކައްވަޅުގައި އެބައިމީހުން ތަންނޫރެއްގެ ތެރެއަށް (ތަންދޫރީ ފިހާ ވައްތަރުގެ އަވަން) ވައްޓައިލެވޭނެއެވެ. އޭގެ މަތި ހުންނާނީ ހަނިކޮށެވެ. އަދި އަޑި އޮންނާނީ ތަނަވަސްކޮށެވެ. އަދި ހުރިހާ ދިމާލަކުން ދަރުތައް އައިސް އެމީހުންގައިގާ ހުޅުޖަހާ އަންދާނެއެވެ. މިގޮތުގައި ގިޔާމަތްވުމާއި ހަމައަށް ދެމިގެންދާނެއެވެ. އަދި ގިޔާމަތް ދުވަހުގައި ﷲ އިރާދަ ކުރެއްވި ވަގުތެއް ޖެހުމާއި ހަމައަށް ނަރަކައިގެ އަނދަ އަނދާ ހުންނަ އަލިފާންގަޑުގެ ތެރެއަށް ވައްޓައިލެވޭނެއެވެ. އަދި ގިޔާމަތް ދުވަހުގައި އެފަދަ މީހުންނާއި ދިމާލަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެން ނުވެއެވެ. ސޫރުތުލް ފުރްގާންގެ 68 އިން 77 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾ إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّـهُ غَفُورً‌ا رَّحِيمًا ﴿٧٠﴾ وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّـهِ مَتَابًا ﴿٧١﴾ وَالَّذِينَ لَا يَشْهَدُونَ الزُّورَ‌ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا ﴿٧٢﴾ وَالَّذِينَ إِذَا ذُكِّرُوا بِآيَاتِ رَبِّهِمْ لَمْ يَخِرُّوا عَلَيْهَا صُمًّا وَعُمْيَانًا ﴿٧٣﴾ وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾ أُولَـٰئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا ﴿٧٥﴾ خَالِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴿٧٦﴾ قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا ﴿٧٧﴾)

މާނައަކީ: " އެއުރެންނީ اللَّهއާއެކު އެހެން إلهއަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمةތެރި ކުރައްވާފައިވާ نفسއެއް، حقގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ އެކަމުގެ ޢުގޫބާތާއި ބައްދަލު ކުރާހުށިކަމެވެ.އެމީހަކަށް قيامةދުވަހުން عذابގިނަގުނަކުރައްވާހުށްޓެވެ. އަދިއިހާނެތިކަން ލިބިގެންވާ حالއެ عذابގެ ތެރޭގައި، އެމީހަކުދެމިހުންނާނެތެވެ. توبةވެ، إيمانވެ، ގިނަގިނައިން صالحعمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު ދަންނާށެވެ. اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ކަލަކު ކަމުގައި اللَّهވޮޑިގެންވެއެވެ. އަދި توبةވެ صالحعملކޮށްފިމީހާ (ދަންނާށެވެ!). ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން ﷲ އަށް ތައުބާވާ މީހެކެވެ. އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައްދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آيةތައް ހަނދާންކޮށްދޭހިނދުބީރު ކަނު ބައެއްގެ ގޮތުގައި، އެ آيةތަކުގެ މައްޗަށް ވެއްޓި ނުގަންނަމީހުންނެވެ. އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެއަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަންލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوىވެރިންނަށް އިމާމުންކަމުގައިއަޅަމެން ލައްވާނދޭވެ! އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށްޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންނާބައްދަލުވާނީ، تحيّةއާއި، سلامންނެވެ.އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائمވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاءކުރުން ނުވާނަމަ، ތިމަންގެވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން (حق) ދޮގުކުޅައީމުއެވެ. ފަހެ،ނިކަންހުރެ އެކަމުގެ عذاب، ތިޔަބައިމީހުންނަށް لازمވެ ހުންނަހުށްޓެވެ."

وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلّم : " ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ ، وَلاَ يُزَكِّيهِمْ ، وَلاَ يَنْظُرُ إلَيْهِمْ ، وَلَهُمْ عَذَابٌ أَلِيمٌ : شَيْخٌ زَانٍ _ رجل كبير _ وَمَلِكٌ كَذَّابٌ ، وَعَائِلٌ مُسْتَكْبِرٌ " [ رواه مسلم}މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިންބާވަތެއްގެ ބަޔަކަށް ގިޔާމާތް ދުވަހުގައި ﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. އަދި އެބައިމީހުންނާއި މެދުގައި ރަގަޅު ބަހެއް ވަޙީ ނުކުރައްވާނެއެވެ. އަދި އެބައިމީހުންނަށް ގަދަވެގެންވާ ޢަޛާބު ލިބޭނެއެވެ. ޒިނޭ ކުރާ މުސްކުޅި ފިރިހެނާ އާއި ދޮގު ހަދާ ވެރިމީހާ އާއި، ބޮޑާވެގެންފައިވާ މީހާއެވެ".

މާނައަކީ: " އެހެން ރިވާޔަތެއްގައިވެއެވެ. "لاَ يَنْظُرُ اللَّه يَوْمَ الْقِيَامَةِ إلَى الشَّيْخِ الزَّانِي ، وَلاَ الْعَجُوزِ الزَّانِيَةِ

"ޒިނޭ ކުރާ މުސްކުޅި ފިރިހެނާ އާއި ޒިނޭކުރާ މުސްކުޅި އަންހެނާ އާއި ދިމާލަށް ގިޔާމަތްދުވަހުގައި ﷲ ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެންނުވެއެވެ".

އެހެންކަމުން، މިނުބައި ޖަރީމާ އިން ސަލާމަތްވުމަށް ޓަކައި އެކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމަކުން ދުރުހެލިވެ ރައްކާތެރިވުމަށް އަޅުގަޑުގެ އަމިއްލަ ނަފްސަށާއި އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތްކޮށް ނަޞޭޙަތްތެރި ވަމެވެ. والله أعلم.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!