Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް ކޮމިޓީން ނިންމައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް ކޮމިޓީން ނިންމައިފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތް ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އިސްލާހު ގެނެސްފިއެވެ.

އާންމު ސިއްހަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދެވެ. މިދިޔަ އަހަރު ހުށަހެޅި  އެ ބިލު ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ކޮމިޓީ ރިިޕޯޓުގައި ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތައް ހިމަނާފައިވާއިރު، އެންމެ ބޮޑު އިސްލާހެއްގެ ގޮތުގައި ކޮމިޓީން ފާސްކޮށްފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން ސިއްހީ ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެކަށީގެންވާ ހެއްކާ އެކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސިއްހަތާ ބެހޭ ވަޒީރަށް ލަފާ ދޭންވާނެ ކަމަށާއި، އަދި ވަޒީރު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް އެ ލަފާ އަރުވަން ވާނެ ކަމަށް ބިލުގައި ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް