Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލ.ގަމުން ފައްސިވި މީހުންގެ އަދަދު ތިނަކަށް އަރައިފި

ލ.ގަމުން ފައްސިވި މީހުންގެ އަދަދު ތިނަކަށް އަރައިފި

ލ.ގަމުން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ދެން" އަށް މަޢުލޫމާތު ދެމުން ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ފައްސިވެފައި ވަނީ ކަރަންޓީންގައި ނެތް މީހެއް 3 ކަމަށެވެ. އަދި ފައްސިވެފައިވާ 3 މީހުންނަކީ ވެސް ގަމު މުކުރިމަގު 3 މީހުން ކަމަށާއި ފައްސިވެފައި ވަނީ 2 އަންހެނުންގެ އިތުރުން ފިރިހެނެއް ކަމަށެވެ.

ލ.ގަމުން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެރަށާ އިންވެގެން އޮންނަ ލ.މާންދޫއިން އިއްޔެ 8 މީހަކު ފައްސިވެ، އެރަށް މޮނިޓަރިންގގެ ހާލަތަށް ވަނީ ގެނެސްފައެވެ.

Advertisement
Allied — Dhen Online (box)

ނަޝީދު ވިދާޅުވީ، މިއީ މާންދޫ ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ކަމެއް އަދި ޔަޤީންވެފައި ނުވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް