Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގަން،ފޮނަދޫ މޮނިޓަރިންގއަށް ލައިފި

ކޮވިޑް ފެތުރިފައިވާ ގަން،ފޮނަދޫ މޮނިޓަރިންގގެ ހާލަތަށް ގެނެސްފިއެވެ.

ގަމު ކައުންސިލުން ބުނެފައި ވަނީ އެ ރަށް މޮނީޓަރިންއަށް ލައި ރަށަށް އަރައި ފޭބުން މަނާ ކޮށްފައި ވީ ނަމަވެސް ތިން އާބާދީއެއް ވަކީން އޮންނަ އެ ރަށުގެ އެއް އަވަށުން އަނެއް އަވަށުން ދަތުރު ކުރުން ވެސް ރައްކާތެރި ކަމަކަށް ނުވާތީ ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ނުކުރުމަށް ވެސް އެދޭ ކަމަށެވެ.

ލ.ގަމުން 3 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ގަމާ އިންވެގެން އޮންނަ އިންޑަސްޓްރިއަލް ރަށެއް ކަމުގައިވާ މާންދޫން 8 މީހަކު ފައްސިވެ، ރޭ އެރަށް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

Advertisement
Ooredoo — Square (box)

ގަން-ފޮނަދޫ މޮނިޓަރިންގއަށް ލުމާއެކު، ގަމާއި ގުޅިފައިވާ އިތުރު ރަށްރަށަށް ދިއުން ވެސް މަނާ ވާނެއެވެ. މީގެ މާނައަކީ މި ވަގުތުން ފެށިގެން، ގަމުން، ފޮނަދޫ އަދި ކައްދުއަށް ވެސް ދަތުރެއް ނުކުރެވޭނެއެވެ. މީގެ ކުރިން ވެސް ގަން-ފޮނަދޫ މޮނިޓަރިންގއަށް ލުމާއެކު ފޮނަދޫ-ކައްދޫ ގުޅޭ ސަރަހައްދުގައި ފުލުހުން ވަނީ ފޯރި މަރާފައެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވެނީ ކައުންސިލްގެ ޚާއްސަ ހުއްދައަކާ އެކުގައިކަން ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް