ޚަބަރު

މާންދޫ ކްލަސްޓަރގެ ފައްސި އަދަދުތައް: މުކުރިމަގުން 10 މީހުން، 2 ދިވެހިންނާއެކު މާންދޫން ޖުމްލަ 39 މީހުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަދު ފައްސިވި 4 މީހުންނާއެކު މާންދޫގެ ކޮވިޑް ކްލަސްޓަރއަށް ނިސްބަތްވާ 49 މީހަކު މިހާތަނަށް ފައްސިވެއްޖެއެވެ.

Ads by MWSC

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ފައްސިވެފައިވާ 4 މީހުންނަކީ ގަމު މުކުރިމަގު އަވަށަށް ނިސްބަތްވާ 4 މީހުން ކަމަށެވެ. މިއާއެކު ގަމުން ފެނުނު ކޭސްތަކުގެ އަދަދު ވަނީ 10އަށް އަރައިފައެވެ. އަދި މާންދޫން ފެނުނު ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތަކަކީ ބިދޭސީން ކަމަށާއި މާންދޫން ކޮވިޑް-19އަށް މިއަދު ފައްސިވެފައި ވަނީ 2 މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މާންދޫން ޖުމްލަ 39 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބަށް ބަލާލާއިރު، މިހާތަނަށް 254 ސާންޕަލެއް އެރަށުން ނެގި، އަދި 148 ސާންޕަލެއްގެ ނަތީޖާ ނުލިބެއެވެ. އަދި ނަތީޖާ ލިބިފައިވާ ސާންޕަލުތަކުގެ ތެރެއިން 49 ސާންޕަލެއް ފައްސިވެފައިވާއިރު، 57 ސާންޕަލެއް ވަނީ ނައްސިވެފައެވެ.

މާންދޫން ކޮވިޑް-19 ފައްސި ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާއެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަން ފޮނަދޫ ވެސް މޮނިޓަރިންއަށް ލައިފައިވެއެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައި ތިބިކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!