ދީން

އޮށޯވެ އޮވެ ޤުރުއާން ކިޔެވުމާއި އައުރަ ނިވާ ނުކޮށް ހުރެ ޤުރުއާން ކިޔެވުން

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم ، وبعد،

Ads by Sosun Fihaara

ޤުރުއާން ކިޔެވުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ޚަތިމް ހިފައިގެން އޮށޯވެ އޮވެ ކިޔެވުމަކީ ހުއްދަ ކަމެކެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހަގެ ކިބައިން ރިވާވެގެނވެއެވެ.((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَّكِئُ فِيْ حِجْرِيْ وَ أَنَا حَائِضٌ ثمَُّيَقْرَأُ الْقُرْآنَ))رواه البخاري(297) ، ومسلم (301) މާނައަކީ؛ "ތިމަން ކަމަނާގެ އުނގުފުޅުގައި އޮށޯވެ އޮންނަވައިގެން ޤުރުއާން ކިޔަވައި ވިދާޅުވިއެވެ. އެއީ ތިމަންކަމަނާ ޙައިޟުގެ ދުވަސްވަރުވެސް މެއެވެ."

އަދި އާލި ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އޮށޯވެ އޮވެގެން ޤުރުއާން ކިޔެވިދާނެކަމަށް ދަލީލު ލިބޭކަމށް އިބުނު ރަޖަބު ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ."فتح الباري" (1/406)

އަދި ދަންނަވަމެވެ. މިފަދަ ކަންކަމަކީ ހުއްދަ ކަންތައް ކަމުގައި ވިޔަސް، ހޭލުންތެރިކަން ކުޑަ މުޖުތަމަޢުތަކުގައި މިފަދަކަންތައް ކުރުމުން ޤުރުއާނާ މެދު މީހުންގެ ހިތްތަކުގައި ޤަދަރުކުޑަވެގެން ހިނގައިދާނެތީވެ، މިބާވަތުގެ ކަންކަން ކުރުމަށްވުރެ ނުކުރުން އެދެވިގެންވާ ކަމަށް ފެނެއެވެ.

ޢައުރަ ނިވާނުކޮށް ހުރެވެސް ގުރްއާން ކިޔެވިދާނެއެވެ. ނަމަވެސް މޮޅުއިތުރު ގޮތަކީ ޢައުރަ ނިވާކޮށްގެން ހުރެ ގުރްއާން ކިޔެވުމެވެ.والله  أعلم.

Ads by Allied Insurance
  1. އިޔާޒްގެ ޤަލަމުން

    ޤުރުއާން ކިޔަވާއިރު އައުރަ ނިވާކުރުމަކީ ލާޒިމު ކަމެއް.
    އެހެންނޫނީ ނަމާދު ކުރާއިރުވެސް އައުރަ ނިވާ ނުކޮށް ކުރަންވީއެއްނު.

    • އައިމީ

      ޤުރްއާން ކިޔަވާއިރު އައުރަ ނިވާކުރުން ލާޒިމެއް ނުކުރެ. .
      ނަމާދު ކުރުމާ ޤުރްއާން ކިޔެވުން އެއްވަރެއް ނުކުރެވޭނެ. .

    • ސާމިރާ

      އިސްލާމް ދީނަކީ މެދުވިނުގެ ދީން. ލުއި ގޮތް އޮންނަ އިރުވެސް މާތް ވާން ވެގެން އުނދަގޫ ޖެހިގަންނަނީ އިންސާނާ އަމިއްލަޔަށް. ހައްދުފަހަނަ އަޅައިގެން ކޮންމެ މީހަކު ޝޭހު ހެދިގެން ނޫޅެބަލަ.

    • ކައިޖީން

      ޤުރުއާން ކިޔެވުން އެެއީ އިސްލާމްދީނުގެ ރުކުނެއް ނޫންް
      ނަމާދު ކުރުމަކިީ އިސްލާމްދީނުގެ ރުކުނެއް
      ދޭތި އެއްވަރެއް ނުކުރެވޭނެ