ދީން

މަރުވެފައިވާ މީހެއްގެ ހަނދާނުގައި ސުކޫތު ގެނައުން ދީނީ ނަޒަރަކުން

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

Ads by Sosun Fihaara

ތަޢުޒިޔާ ކިޔުމަކީ: ހިތާމައެއް މުޞީބާތެއް ކުރިމަތިވެފައިވާ މީހާ އަށް ހިތްވަރުދީ އޭނާގެ ހިތާމައިގައި ބައިވެރިވުމެވެ. މިގޮތުން މުޞީބާތް ޖެހިފައިވާ މީހާގެ ހިތްހަމަ ޖައްސައިދެވޭނެ ގޮތަކަށް އެކަން ކުރިޔަށް ގެންދެވިދާނެއެވެ. މިގޮތުން އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް އެކަން ކުރުމެވެ. އެކަލޭގެފާނުގެ އަންހެން ދަރިކަނބަލެއްގެ ފިރިހެން ދަރިޔަކު މަރުވެއްޖެ ޚަބަރު ދިނުމަށް މީހަކު އައުމުން އެމީހާ އަށް ދެންނެވިއެވެ.

( ارجعفأخبرهاأنللهماأخذ ، ولهماأعطى ، وكلشيءعندهبأجلمسمى ، فمرهافلتصبرولتحتسب)

މާނައަކީ: "އެކަމަނާގެ އަރިހަށް އެނބުރިގޮސް ދަންނަވާށެވެ. ހަމަކަށަވަރުން ﷲ ގެންދެވި އެއްޗެއް މިލްކުވޮޑިގެންވަނީ ކަލާންގެއަށެވެ. އަދި ދެއްވި އެއްޗެއްވެސް މިލްކުވެވޮޑިގެންވަނީ އެކަލާންގެއަށެވެ. ކޮންމެ އެއްޗަކަށްވެސް ﷲ ގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ އަޖަލެއްވެއެވެ. ކެތްތެރިވުމަށާއި ދަރުމައާއި ޘަވާބު ﷲގެ ޙަޟްރަތުން އެދުމަށް އެކަމަނާ އަށް އަމުރު ކުރައްވާށެވެ".

އަޅުގަޑުމެން މުސްލިމުންކަމަށް ވީތީވެ، ކޮންމެ ޢަމަލެއްގައިވެސް ބަލަން ޖެހޭނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމެއް ކުރެއްވި ގޮތަށެވެ. އަދި އެއަށްފަހު ސަލަފުއްޞާލިޙުންގެ ކިބައިން އެކަމެއް ކުރައްވާފައިވާ ގޮތެވެ. ފަހަރެއްގައިވެސް ބަޔަކު މީހުންކަންތައް ކުރާގޮތް ކޮޕީކޮށްގެން އެގޮތް ޕްރޮމޯޓްކޮށް ހަދައިގެން ނުވާނެއެވެ. އެހެންކަމުން، ހިތާމަ ފާޅުކުރުމުގެ ނަމުގައި ކަޅުކުލައިގެ ހެދުންލާ، ފައިގާ ރިބަންފަށް އައްސާ، މަރުވިމީހުންގެ ހަނދާނުގައި ސުކޫތު ގެނެސް ހެދުމަކީ ރަގަޅު ކަންތައްތަކެއް ނޫނެވެ. އަދިކިއެއްތަ، އެއީ އަޅުގަޑުމެން އެބަޔަކާ ޚިލާފުވުމަށް އަމުރުކުރައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޘަގާފަތްތަކެވެ. މީގެ އިތުރުން މީހަކު މަރުވުމުން ނުވަތަ މުޞީބާތެއް ޖެހުމުން ކަޅުކުލައިގެ ހެދުމެއް ލުމުން ދޭހަވަނީ ﷲ މިންވަރު ކުރެއްވިގޮތާއި މެދު ހިތްހަމަ ނުޖެހި ރުޅި އައިސްގެން އުޅޭކަމެވެ. ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ނުވެވޭ ކަމެވެ. ވީމާ، މިފަދަ ކަންތައްތަކުން ދުރުހެލިވާން ޖެހޭނެއެވެ. މިއީ ރަގަޅުކަންތައްތަކެއްނަމަ ސަލަފުންގެ ކިބައިން އެކަން ޘާބިތުވީހެވެ. ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއް ނެތުމުގެ މާނައަކީ މިއީ އަޅުގަޑުމެން 100% މުސްލިމުން ގަބޫލުކުރަން ޖެހޭ ޢަގީދާ އެއް ނުވަތަ ކޮޕީ ކުރަން ޖެހޭ ޘަގާފަތެއް ނޫންކަމެވެ. ހިތާމަ ފާޅުކުރުމުގެ ގޮތުން މުޞީބާތް ޖެހިފައިވާ މީހުންނަށް އެހީތެރިވެދީ، އެމީހުން ކޮޅަށް ޖެހޭތޯ މަސައްކަތް ކުރުން މާރަގަޅެވެ. ކަޅުކުލައިގެ ރިބަންފަށެއް އައްސާފައިވުމަކުން، ނުވަތަ މަރުވިމީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަކުން ހިތާމަ ލިބުނު ޢާއިލާ ތަކަށް ލިބޭނީ ކޮން ހިތްހަމަ ޖެހުމެއްތޯއެވެ؟! والله أعلم

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!