Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާންދޫ ކްލަސްޓަރ: އިތުރު 5 މީހުން ފައްސިވެ ޖުމްލަ އަދަދު 54 އަށް

މާންދޫ ކްލަސްޓަރ: އިތުރު 5 މީހުން ފައްސިވެ ޖުމްލަ އަދަދު 54 އަށް

މާންދޫއިން ކޮވިޑް-19އަށް ފައްސިވި މީހުންނާއެކު ގަން-ފޮނަދޫ އުފެދިފައިވާ ކްލަސްޓަރގައި މިހާތަނަށް ފައްސިވި މީހުންގެ އަދަދު 54އަށް އަރައިއެވެ.

އަލަށް ފައްސިވި 5 މީހުންގެ ތެރޭގައި ހިމެނެނީ ގަމުން 3 މީހަކާއި މާންދޫން 2 މީހެކެވެ. މިއާއެކު ގަމުން ފައްސިވި މީހުންގެ އަދަދު މިވަނީީ 12 އަށް އަރާފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ އަދާހަމަތަކުން ދައްކާގޮތުގައި މިހާތަނަށް ޓެސްޓް ކުރެވުނު 128 ސާންޕަލްގެ ތެރެއިން 54 ސާންޕަލެއް ވަނީ ފައްސިވެފައެވެ. އަދި މިހާތަނަށް 256 ސާންޕަލެއް ނެގިފައިވެއެވެ. މީގެ ތެރެއިން 128 ސާންޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.

Advertisement
Allied — Dhen Online (box)

މާންދޫން ކޮވިޑް-19 ފައްސި ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާއެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަން ފޮނަދޫ ވެސް މޮނިޓަރިންއަށް ލައިފައިވެއެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައި އެބަ ތިއްބެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް