އުކުޅަހުގައި ވެސް ކޮވިޑް ފެތުރެނީ، ކަރަންޓީނުގައި ނެތް 3 މީހުން ފައްސި ވެއްޖެ!

އއ. އުކުޅަހުން ކަރަންޓީނުގައި ނެތް 3 މީހުން ފައްސިވެއްޖެއެވެ.
އުކުޅަހު ހެލްތު ސެންޓަރުން ބުނީ މި މަހު 25 ވަނަ ދުވަހު ކޮވިޑް-19 ގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި 3 މީހެއްގެ ޓެސްޓު ކުރެވި ކޮވިޑަށް ފައްސި ވެފައިވާކަމަށެވެ.
އެހެންކަމުން މިހާރު އެމީހުންނާއ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. މި ތިން މީހުން ފައްސި ވެފައިވާއިރު މިހާރު އުކުޅަސް ވަނީ މޮނިޓްރިންގެ ހާލަތަށް ލެވިފައެވެ.
ހެލްތު ސެންޓަރުން ބުނީ މިހާރު އުކުޅަހުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމަށެވެ. އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށްދެއެވެ.
މިރަށުގައިި ކޮވިޑް އަލާމާތް ހުރެގެން ޓެސްޓްކުރަންދިޔަ ބައިބަރުމީހުންވަނީީ ޓެސްޓް ނުކޮށް ފޮނުވާލާފައި. ސަބަބަކީ ރައްް ލޮކްޑައުންކޮއްގެސްޓުން ނުގެނެވިދާނެތީ.