ޚަބަރު

އެމްއެންޔޫގައި ފަތުުރުވެރިކަން ކިޔަވާ ދަރިވަރުން ކިޔައިދެނީ "ފަތުރު ވާހަކަ"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ބެޗްލާސް އޮފް އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ކިޔަވާ ދަރިވަރުން "ފަތުރު ވާހަކަ"ގެ ނަމުގައި ޕެނަލް ޑިިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ޕެނަލް ޑިސްކަޝަނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އެކިކަހަލަ ޚިޔާލު ތަފާތުވުންތަކާއި ގޮންޖެހުންތަކާ މެދު މައުލޫމާތާއި ޚިޔާލު ބަދަލު ކުރެވޭނެ ޑިސްކަޝަނެއް ކަމަށް އެ ދަރިވަރުން ބުނެއެވެ. މީގެ އިތުރުން އެ ދަރިވަރުން ބުނީ މި ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 22 މެއި 2021ވާ ހޮނިހިރު ދުވަހު އެމްއެންޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައި ކަމަށެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުންނާބު އުސް ފަރާތްތަކާއި އަދި މީގެ ކުރިން ގައުމީ ޔުނިވާސިޓީގައި ތައުލީމް ހާސިލުކޮށް މިހާރު މަސައްކަތުގެ މާހައުލަށް ނުކުމެފައިވާ ބައެއް ފަރާތްތައް ވެސް ހިމެނެއެވެ.

މި ޕެނަލް ޑިސްކަޝަން ނިމުމަށްފަހު، އެފްއެޗްޓީއެސްގެ ހޮސްޕިޓަލިޓީން ޑިގްރީ ހާސިލުކުރާ ދަރިވަރުންގެ ކެއްކުމުގެ އަދި ދާއިރާގެ އެހެނިހެން ހުނަރުތައް ދައްކާލުން އޮންނާނެކަމަށް ވެސް އެ ދަރިވަރުން މައުލޫމާތު ދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!