ދީން

ހަގީގީ ހާދިސާ: ޝެއިޚް ހަމްބަލްއާ ބައްދަލުކޮށްލަން ބޭނުންވުމުން މާތް ﷲ އެކަން ފުރިހަމަ ކޮށްދެއްވި ގޮތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި، މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑިއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ވާދަ ކުރެއްވި އިބްރާހިމް މުޙައްމަދު އެ މަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ޙިއްސާ ކުރައްވާފައިވާ ޕޯސްޓެކެވެ.

Ads by MWSC

ހަގީގީ ހާދިސާއެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ޙިއްސާ ކުރައްވާފައި މިވާ ވާހަކައިގެ ރީތިކަމާއި އިބުރަތްތެރި ކަމުން، އަހުރެން ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މި ހާދިސާ އެންމެހައި ކިޔުންތެރިންނާ ޙިއްސާ ކޮށްލާ ހިތްވީއެވެ.

އިބްރާހިމް މުޙައްމަދު ވިދާޅުވެފައިވެއެވެ.

"ޝެއިޚް ޓިމް ހަމްބަލް (ޔޫކޭ) ރާއްޖެ ވަޑައިގެން އުޅުއްވާތީ ބައްދަލުކޮށްލަން ބޭނުންވިއެވެ. އަދި އެކަމާ މަސައްކަތް ވެސް ކުރީމެވެ. އެކަމަކު ކަންދިމާވިގޮތުން ބައްދަލުވާ ގޮތެއް ނުވިއެވެ. ޝެއިޚް މާލޭގައި ހުންނެވި ދުވަހު އަޅުގަނޑަށް ޖެހުނީ ފުރާށެވެ. އަދި އަޅުގަނޑު މާލެ އައި ދުވަހު ޝެއިޚް ވަޑައިގެންނެވީ ކަނޑުމައްޗަށެވެ.

އެ ވާހަކަ އެންމެފަހުން ގާތް ރައްޓެއްސެއް ކައިރީ ބުނީމެވެ. ބުނީމާ އޭނާ ބުނީ ތެދު ހިތުން ބައްދަލުވާން ބޭނުންވަންޏާ އަދި ދިމާ ވާނެ ކަމަށެވެ.
އޭގެ އަނެއް ދުވަހު ރަޙްމަތްތެރިޔާ އާއެކު ސައިތައްޓެއް ބޯންވެގެން ޢަސުރު ނަމާދު ފަހުން ދިޔައީ އެމްޕީއެލްގައި ޖެޓީގައި ހުރި ކެފޭގެ މައްޗަށެވެ. އެތަނުގައި މަތީގައި ސައިބޯން ތިއްބާ އަޅުގަނޑުގެ ރަޙުމަތްތެރިޔާ ބުނީ 'އިއްބެ ނުފެނިގެން އުޅުނު މީހާ އެހެރީ ފެންނާން' ކަމަށެވެ.

އަދި ބުންޏެވެ. 'އިއްބެއަށް އޭނާ ކައިރިއަށް ނުދެވުނަސް މާތްﷲ އޭނާ އިއްބެ ކައިރިއަށް އެހެރީ ގެންނަވާފައޭ.. އަވަހަށް ތިރިއަށް ހިނގާށޭ' . ދެން އަޅުގަނޑު ތިރިއަށް ބެލިއިރު ކަމަކުދާކަށް ނެތެވެ. ކެފޭގެ ތިރީގައި ޝެއިޚް ޓިމް ހަމްބަލް (ޔޫކޭ) ހުއްޓެވެ. ޙައިރާން ވާން ޖެހުނު ކަމަކީ ދުވަހަކު ވެސް ދިވެހިރާއްޖެއަށް އައި އެއްވެސް ޝެއިޚަކު އެހާ ކުޑަވަގުތުކޮޅަކަށް ޕޯރޓް ސަރަޙައްދަށް ކުރިން ވަދެފައި ނުވުމާ އަދި ވަންނަން ވަގުތު ވެސް ނުވާތީ އެކަން ބޭނުން ވެސް ނުވުމެވެ. އެކަމަކު މިފަހަރު މިވީ މުޅިން އެހެން ގޮތެކެވެ. މާތްﷲ ގެ މިންވަރުފުޅުން ޝެއިޚާ ބައްދަލުވެ ވާހަކަ ވެސް ދެކެވުނެވެ. ޝެއިޚް އަބަދު ވެސް ފެންނަނީ ޔޫޓިއުބުން ނޫނީ ނެޓުންނެވެ. މިފަހަރު އަސްލަށް ފެނިއްޖެއެވެ.
ފިލާވަޅަކީ އެމީހަކު ލޯބިކުރާ ބަޔަކާ އެމީހަކަށް ބައްދަލުވާނެކަމެވެ. އެކަމަކު ހިތުގައި އެކަން އަސްލު އޮތް ނަމައެވެ." އިބްރާހިމް މުޙައްމަދު ވިދާޅުވެފައިވެއެވެ.

ޓިމް ހަމްބަލް އެ ފަހަރު ރާއްޖެ ވަޑައިގަތީ ޖަމްއިއްޔަތުއްސަލަފްގެ ދައުވަތަކަށެވެ. އެއީ މީގެ ދެ އަހަރެއްހައި ދުވަސް ކުރީންނެވެ.

ތިރީގައި މިވަނީ އިބްރާހިމް މުޙައްމަދު އެ ޕޯސްޓާއެކު ހިއްސާ ކުރައްވާފައިވާ ވީޑީއޯ ކޮޅެކެވެ. މި ވީޑިއޯގައި ދީނީ ނަސޭހަ ދެއްވަމުން އެ ގެންދަވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޓިމް ހަމްބަލް (ޔޫކޭ) އެވެ.

Ads by HDC
  1. ބަސްމަދު

    ރައީސް ނަޝީދާއި ވަގަށް ބައްދަލު ކުރި ވާހަކަ ޖަހާބަލަ.