ޚަބަރު

އަފްގާނިސްތާނު ޖަލުގައި ތިބި ޓެރަރިސްޓުންގެ ތެރޭ ދެ ދިވެހިން، މައްސަލަ ހައްލު ކުރަން ގޮވައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދެ ދިވެހިން ހިމެނޭހެން އަފްގާނިސްތާނު ޖަލުގައި ތިބި ޓެރަރިސްޓުންގެ މައްސަލަތައް ނިންމައި ހައްލު ގެނައުމަށް މަޝްވަރާ ކުރުމަށް އަފްގާނިސްތާނުން ގޮވައިލައިފިއެވެ.

Ads by STELCO

އަފްގާނިސްތާނު ޖަލުގައި މިވަގުތު ތިބި ދެ ދިވެހިންނަކީ، ހ. މޫންލައިޓް، އަލީ ޝާފިއު އާއި، އޭނާގެ ކުރީގެ އަނބިމީހާއެވެ. އެމީހުންނަކީ މީގެ ތިން އަހަރު ކުރިން އަފްގާނިސްތާނުގައި ހިނގި ޓެރަރިޒަމްގެ މައްސަލައެއްގައި 21 އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން އަމުރުކޮށްފައިވާ ދެ މީހުންނެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ، އަހުމަދު ޒިއާ ސިރާޖު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓްއާއި، ތާލިބާނު ފަދަ ގްރޫޕްތަކުން 13 ގައުމަކަށް ނިސްބަތްވާ ޖުމްލަ 408 ޓެރަރިސްޓުން އަފްގާނިސްތާނުގެ ޖަލުގައި މިބަގުތު އެބަ ތިބި ކަމަށެވެ.

ޒިއާ ވަނީ އެމީހުންނާއެކު މަޝްވަރާ ކުރުމަށް ފަހުގައި، އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދަން މަސައްކަތް ކުރުމަށް އަފްގާނިސްތާނުގެ އެންމެހާ ރައްޔިތުންނަށް ގޮވައިލައިފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާއިރު، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީއައިޓީ)، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ފޮރިން މިނިސްޓްރީ ވަނީ މިކަމާ ބެހޭގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ.

ޝާފިއު އާއި ޝާފިއުގެ ކުރީގެ އަނބިމީހާ ހައްޔަރު ކުރި އިރު މި ދެމީހުންގެ ހަތަރު ދަރިން ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ، އަފްގާނިސްތާނުގެ އަންގަރްހާރު ޕްރޮވިންސުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މި ދެމީހުންގެ ހަތަރު ދަރިން ތިބި އިރު، އޭގެ ތެރޭގައި ކިރުބޯ ތުއްތު ކުދިން ވެސް ހިމެނެއެވެ.

ޝާފިއު އަފްގާނިސްތާނަށް 2018 ވަނަ އަފްގާނިސްތާނަށް ދަތުރުކުރީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓުގެ ގޮފި، "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު ޝާފިއު އާ އޭނާގެ އަނބިދަރިން ގޮވައިގެން ސީރިއާއަށް ޖިހާދަށް ދާން އުޅުމުގެ ތެރޭގައި އެއަރޕޯޓުން ވަނީ އޭނާ ހުއްޓުވައިފައެވެ. ޝާފިއުއަކީ 2015 ވަނަ އަހަރު ބ. ހިބަޅިދޫ ފަޅުތެރެއިން ފެނުނު ސިފައިންގެ އިން ވަގަށް ނަގާފައިވާ ހަތިޔާރާއި ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި އޭނާގެ އަތުން ފެނިގެން ވެސް ހައްޔަރު ކުރި މީހެކެވެ. އެ މައްސަލައިގައި ހެކި ނެތިގެން ހަތަރު މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

Ads by HDC
  1. ގަބުހުއްތޭ

    މިތިބީ އެކުދިންތަ؟