Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާންދޫ ކްލަސްޓާ: އިތުރު 26 މީހަކު ފައްސިވެއްޖެ

މާންދޫ ކްލަސްޓާ: އިތުރު 26 މީހަކު ފައްސިވެއްޖެ

މާންދޫ ކްލާސްޓާއާ ގުޅުންހުރި އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ދެން" އަށް މަޢުލޫމާތު ދެއްްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ މިއަދު މިހާތަނަށް އިތުރު 26 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، މި އެންމެނަކީ ވެސް މާންދޫން ފައްސިވެފައިވާ މީހުން ކަމަށެވެ. އަދި މިއަދު މިހާތަނަށްް 19 މީހަކު ނައްސިވެފައިވާ ކަމަށް ވެސް އަލީ ނަޝީދު ވިދާޅުވިއެވެ.

މާންދޫން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، މާންދޫ ކްލަސްޓާއާ ގުޅިގެން ފައްސިވީ މީހުންގެ އަދަދު މިވަނީ 244އަށް އަރާފައެވެ.

Advertisement
HDC — Sidebar (box)

މާންދޫ ކްލަސްޓާއާ ގުޅިގެން މިހައިތަނަށް މާންދޫއިން ޖުމްލަ 223 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުން މިހައި ތަނަށް ޖުމްލަ 16 މީހަކު ފައްސިވެފައިވާ އިރު، ފޮނަދޫން 3 މީހުން އަދި ދަނބިދޫން 2 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާ އެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން މިމަހުގެ 28 ވަނަ ދުވަހު ދަނބިދޫން ވެސް މި ކްލަސްޓާއާ ގުޅުން ހުރި ބަޔަކު ފައްސިވެ، އެ ރަށް ވެސް ވަނީ މޮނިޓަރިންގއަށް ލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް