Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް "މަސައްކަތްތެރިންގެ ދުވަހު" ނުކުންނަނީ

މަސައްކަތުގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް "މަސައްކަތްތެރިންގެ ދުވަހު" ނުކުންނަނީ

ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް މާދަމާ (މަސައްކަތްތެރިންގެ ދުވަހު) ސުލްޙަވެރި އެއްވުމެއް ބާއްވަން ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ "ރައިސް އަޕް މޯލްޑިވްސް" އިން ނިންމައިފިއެވެ.

"ރައިސް އަޕް މޯލްޑިވްސް" އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް އެ މޫވްމަންޓުގެ ފަރާތުން މާދަމާ ސުއްޙަވެރި އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ސުލްޙަވެރި އެއްވުން ފެއްޓުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:45 ގައި ރަސްފަންނު ސަރަޙައްދުގައެވެ.

Advertisement
Ooredoo — Truecaller (box)

"މި އެއްވުމުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތުގެ މާހަައުލުގައި އާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލުން" ޒުވާނުންގެ މޫވްމަންޓުން ބުނެފައިވެއެވެ.

https://twitter.com/MvRiseUp/status/1388145831153307650?s=20

މި އެއްވުން ކުރިއަށް ދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތުގެ މަތިން ކަމަށް ވެސް ރައިޒް އަޕް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް