ޚަބަރު

ރަތްމަންދޫ ކައުންސިލްގެ ރައީސްކަމާއެކު، މެޖޯރިޓީ މިނިވަން ކެނޑިޑޭޓުންނަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ލޯކަލް ކައުންސިލު އިންތިހާބުގައި ވޯޓުގުނުން ކުރިއަށް ދަނީ/ ދެން އިމޭޖްސް: ޢަލީ ޝިފާޒް

މ. ރަތްމަންދޫ ކައުންސިލްގެ ރައީސްކަމަށް މިނިވަން ކެނޑިޑޭޓް އިސްމާޢީލް ނިހާދު ހޮވިއްޖެއެވެ.

Ads by STELCO

މިއަދު އޮތް ،ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރުގައި އިސްމާޢީލް ނިހާދު އެ މަގާމު ކަށަވަރު ކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް އަޙުމަދު ވަދީފް ، 12 ވޯޓްގެ ތަފާތަކުން ބަލިކޮށްގެންނެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ދެވަނަ ބުރަކަށް ދާން ޖެހުނީ އެ މަގާމަށް ވާދަ ކުރި ދެ ކެނޑިޑޭޓުންގެ ނަތީޖާ ވެސް އެއްވަރު ވެގެންނެވެ. ދެ ކެނޑިޑޭޓުން ވެސް ލިބިފައި ވަނީ 71 ވޯޓެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސްކަން މިނިވަން ކެނޑިޑޭޓް ކާމިޔާބު ކުރުމާއެކު އެ ރަށުގެ މެޖޯރިޓީ ލިބިފައި ވަނީ މިނިވަން ކެނޑިޑޭޓުންނަށެވެ. އެ ގޮތުން އަންހެނުންނަށް ޚާއްޞަ ދެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ކެނޑިޑޭޓުން ކަަމަށްވާ ފާތިމަތު ލިއުޝާއާއި ފާތިމަތު ޒަހީރާއެވެ. ކައުންސިލްގެ އާންމު ދެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ޙުސައިން ޚަލީލާއި މުޙައްމަދު މިހާދެވެ.

ރަތްމަންދޫން އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ލިބިފައެއް ނުވެއެވެ.

މިއަދު އޮތް ، އިންތިޚާބުގެ ދެވަނަ ބުރުގައި ހަ ރަށެއްގެ ކައުންސިލްގެ އެކި ގޮނޑިތަކަށް ވޯޓްލައިފައި ވެއެވެ. އެއީ ހއ.ތަކަންދުއާއި ބ.ކިހާދޫ އަދި މ.ރަތްމަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި ލ.މާވަށާއި ތ.ގާދިއްފުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!